32 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަނީ

32 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް މަގާމަށް މީހުން ހޯދުމަށް އިއުލާން ކޮށްފިއެވެ. ސިވިލް ސާވިސްއިން ކޮށްފައިވާ އިއުލާނެއްގައި ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް އިއުލާން ކޮށްފައިވަނީ...

30 May 2024 | 06:49

32 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް މަގާމަށް މީހުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

ސިވިލް ސާވިސްއިން ކޮށްފައިވާ އިއުލާނެއްގައި ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް އިއުލާން ކޮށްފައިވަނީ، ހއ.، ށ.، ރ.، ބ.، އަރިއަތޮޅު، ވ.، މ.، ފ.، އަދި ދ. ހިމެނޭ ރަށްތަކަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މި މަގާމުތަކަށް މީހުން އައްޔަން ކުރެވޭނީ 5 އަހަރުގެ މުއްދަތަކަށް ކަމަށެވެ.

ސެކްރެޓަރީ ޖެނެރެލަ މަގާމުގައި ކައުންސިލްގެ އިދާރީ މަސައްކަތްތަކުގެ އިސް މުވައްޒެފެއްގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ޒިންމާ ތައް އަދާކުރަން ޖެހޭނެއެވެ. މި މަގާމަށް މުސާރަޔާއި އިނާޔަތުގެ ގޮތުގައި 15،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް އެ އިއުލާނުގައި ސިވިލް ސާރވިސްއިން ބުނެފައި ވެއެވެ. އޭގެ އިތުރުން ސްޕެސަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ވެސް މުސާރާއިގެ 35 ޕަސެންޓު ލިބޭނެއެވެ.

އެ މަގާމަސް ޝަރުތު ހަމަވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ޖޫން 6 ގެ ކުރިން، ސިވިލް ސާވިސް ކޮމިޝަނުގެ އިދާރީއަށް ހުށަހަޅަން ޖެހޭނެ ކަމުގައި އެ އިދާރާއިން ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް