ރަސްގެފާނުގެ ޙައްޖު ދަޢުވަތު 2322 ފަރާތަކަށް – 1000 ފުރުޞަތު ފަލަޞްޠީނުގެ ޝަހީދުންގެ އާޢިލާތަކަށް

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ސަޢޫދީ ރަސްގެފާނު، ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސަޢުދުގެ ޙައްޖު ދަޢުވަތު ފޮނުވައިފިއެވެ. އެގޮތުން ސަޢޫދީ ޕްރެސް އޭޖެންސީން އަންގާރަދުވަހު ބުނ...

30 May 2024 | 01:54

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ސަޢޫދީ ރަސްގެފާނު، ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސަޢުދުގެ ޙައްޖު ދަޢުވަތު ފޮނުވައިފިއެވެ.

އެގޮތުން ސަޢޫދީ ޕްރެސް އޭޖެންސީން އަންގާރަދުވަހު ބުނެފައިވާގޮތުގައި އެ 2322 ގެ ތެރެއިން މިފަހަރުގެ ދަޢުވަތު 88 ޤައުމަކުން 1300 ފަރާތަކަށް ފޮނުވާފައިވާކަމަށެވެ.އަދި 1000 ފުރުޞަތު ފަލަޞްޠީނުގެ ޝަހީދުންގެ އާޢިލާތަކަށް ދޭ ފުރުޞަތު ކަމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން 22 ފުރުޞަތަކީ ދާދި ފަހުން ސަޢޫދީގައި ކުރި އޮޕަރޭޝަނެއްގައި ވަކި ކުރި އިންޑޮނޭޝިޔާއަށް ނިސްބަތްވާ ހަށިގަނޑު ގުޅިގައިވާ ތުއްތު ދެކުދިންގެ އާޢިލާ މެންބަރުންނަށް ދީފައިވާ ފުރުޞަތު ކަމުގައިވެސް ބުނެފައިވެއެވެ.

ސަޢޫދީ ރަސްގެފާނުގެ މި ދަޢުވަތަކީ ފާއިތުވި 26 އަހަރު މެދުކެނޑުމެއްނެތި ދެމުން އަންނަ ދަޢުވަތެކެވެ. މި ދަޢުވަތުގައި މިހާތަނަށް 60 ހާހަށްގުރެ ގިނަ މީހަކު ޙައްޖުގެ އަޅުކަން ފުރިހަމަކޮށްފައިވާކަން އެ ޤައުމުން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް