ރަފަހަށް ހަމަލާ ދިނުމަކީ އިސްރާއީލުން "ރަތް ރޮނގު" ހުރަސްކުރުން ކަަމަށް ނުދެކެން: އެމެރިކާ

ރަފަހްގައި ކޭމްޕުތަކަށް ހަމަލާ ދިނުމަކީ އަދި އިސްރާއީލަށް އެމެރިކާއިން ކަނޑައަޅާފައިވާ މި ހަނގުރާމައިގެ "ރަތް ރޮނގު" ހުރަސްކުރުންކަމަށް އެމެރިކާއިން ނުދެކޭކަމުގައި އެ ޤައުމުން ބުނެފިއެވެ. އެ ޤައުމުން ...

30 May 2024 | 01:41

ރަފަހްގައި ކޭމްޕުތަކަށް ހަމަލާ ދިނުމަކީ އަދި އިސްރާއީލަށް އެމެރިކާއިން ކަނޑައަޅާފައިވާ މި ހަނގުރާމައިގެ "ރަތް ރޮނގު" ހުރަސްކުރުންކަމަށް އެމެރިކާއިން ނުދެކޭކަމުގައި އެ ޤައުމުން ބުނެފިއެވެ.

އެ ޤައުމުން މިހެން ބުނެފައިވަނީ އިސްރާއީލުން ރަފަހަށް ދޭންފެށި ހަމަލާތަކާއެކު އެމެރިކާގެ އަސްކަރީ އެހީ ކަނޑައިލުމަށް ގޮވާލާ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

އިއްޔެ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ބުނެފައިވަނީ އިސްރާއީލުން ރަފަހަށް އެއްގަމު މަގުން އަރާ ގެންދާ އޮޕަރޭޝަނަކީ އިސްރާއީލުގެ ހައްގެއްކަމަށް ދެކޭކަމަށާއި އެއީ ދިފާޢުގައި ކުރާ ހަނގުރާމައެއް ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓައިލަން ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓުން އަމުރު ކުރުމާއެކު އިސްރާއީލުގެ ހަމަލާތައް ކުރީ އިތުރަށް ވަރުގަދައެވެ. އެގޮތުން ދެމުން އަންނަ ހަމަލާތަކުގައި ރަފަހްގެ ރެފިއުޖީ ކޭމްޕުތަކަށް ދިން ހަމަލާގައި އެކަނިވެސް 45 މީހަކު ޝަހީދުވެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް އަށް މަސް ވާން ގާތްވެފައިވާއިރު މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރުވަނީ 36 ހާހުން މައްޗަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް