ފަލަސްޠީނުގެ މައްސަލައިގާ ރާއްޖެއިން ދަމަހައްޓަމުން ގެންދަނީ ޝުކުރު ޙައްޤު އުޞޫލުތަކެއްކަމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސޯޝަލް މީޑިއާގެ ހޭންޑަލްސްތަކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވަޒީރު ވިދާޅުވެފައިވަނީ މި މައްސަލައިގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދަމަހައްޓަމުންގެންދާ އުޞޫލުތަކަކީ ޝުކުރު ޙައްޤު އަދި ދިވެހިން ފަޚުރުވެރިވާފަދަ ހަރުދަނާ އުޞޫލުތަކެއް ކަމަށެވެ.
"ފަލަޞްޠީނާއި އެ ޤައުމުގެ އަޚުންނާއި އުޚްތުންގެ ދިފާޢުގައި ރާއްޖެ އަބަދުވެސް ޠާބިތުކަމާއެކު ދެމިއޮންނާނެ" ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިމިވާ ދަނޑިވަޅަކީ ފަލަޟްޠީން މަސްރަޙް އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެކެވެ.
ޣައްޒާގެ ހަމައެކަނި ސޭފް ޒޯނަކީ ރަފަހް ކަމުގައި ބުނެ ރަހަފް އަށް ފަލަސްތީނުގެ އެތައް މިލިޔަން މުސްލިމުންނެއް ޖަމާކޮށް އެ ބިމަށްވެސް އެއްގަމު މަގުން ވަދެގަނެ ހުއްޓުމެއްނެތި މުސްލިމުން ޝަހީދުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޤައުމެއްގެ ހައިސިއްޔަތުން މިވަގުތު ރާއްޖެއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުންކަމުގައި ރައްޔިތުންބުނެ އެކަމުގެ އަޑު ރައްޔިތުން ގަދަކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
https://www.facebook.com/shaheemalisaeed/posts/pfbid02Xtr5CLdq9PgZnDwhZJyrd67ZzpV6K4boyDZMYCzKKNJKMHFHJqyJfn9zS7yaeERXl?__cft__[0]=AZX9AeDtgF_TETW1F47KSDwawN-rYiw5yWjlercM63zWrelZyzG3ZpcZHY0HpGNl2NMs40NV0UHMoU1NpSGcY1zWE4oMc5OmNxJPUKvMSgGmHjJlF9tIgLCMueEwImBO_Lg&__tn__=%2CO%2CP-R
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް