އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޑޫ ސިޓީ ފޭދޫ، މޫންލައިޓް ޝަޒުރާ ޝާކިރު އައްޔަން ކޮށްފިއެވެ.
އެ ކުންފުނީގެ ބޯޑަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ޝަޒުރާ އައްޔަންކޮށް އެކަމުގެ ލިޔުން ހަވާލުކޮށްފައިވާކަން ހާމަކުރީ އިއްޔެ އެވެ.
ޝަޒުރާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިކަން ބުނެއެވެ.
ޝަޒުރާ ވަނީ މީގެ ކުރިން ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކްގެ އެޗްއާރް ރެފްރެޒެޓޭޓިވްގެ މަގާމާއި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ އެޑްމިނިސްޓްރޭޝަން މެނޭޖަރުކަން ވެސް ކުރައްވައިފައި އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އެވެ.
އޭއައިއޭގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި މިހާރު ހުންނެވީ ގައިސް ނަސީރު ކަމަށްވާއިރު، ކުންފުނީގެ ޗެއާމަނަކީ އަޒާން އަހުމަދު ޒުހައިރެވެ. އަދި 2011 އުފެއްދި އޭއައިއޭ އަކީ މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެސްޓީއޯގެ އިތުރުން ޗަމްޕާ ހުސައިން އަފީފުގެ ކާސާ ހޯލްޑިންސް، މި ތިން ކުންފުނި ހިއްސާ އޮންނަ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް