މުހިންމު ދެ ބިލެއް ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ނުކުރާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުރުހުން ފާޅު ކުރައްވައިފި އެވެ.
މިހާރު މަޖިލީހުގައި މައްސަލަތައް އެޖެންޑާ ކުރަމުންދާ ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި ކޮންޓްރޯލް އޮންނަ އެކަމުގައި އިސްކަން ދެމުންދަނީ އިދިކޮޅުގެ ގަރާތުތަކަށާއި ބިލުތަކަށެވެ.
ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުއްވާފައިވާ މުހިންމު ބިލުތަކުގެ ތެރޭގައި އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލު ހިމެނޭ ކަމަށެވެ. އެއީީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔައްކުރުމަށާއި އިގްތިސޯދަށް ވަރައް މުހިއްމު ބިލުތަކެއް ކަމަށް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އެ ދެ ބިލު އެޖެންޑާކޮށް ބަހުސްކޮށް، ފާސް ކުރުމަކީ މިވަގުތަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ މަޖިލީހަށް ހުށަހަޅަމުންދާ ގަރާރުތަކަކާއި އެއްފަދަ ބިލުތަކެއް ކަމަށް ވިދާޅުވި އެވެ.
ފައްޔާޒްގެ ޓުވީޓުގައި ވަނީ ރައީސް ނަޝީދު ޓެގު ކުރައްވާފައި އެވެ.
މަޖިލީހުގެ މިދިޔަ ދައުރުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ ސަރުކާރުން އަންގާހާ ގޮތަކަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް