ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއް ބޭނުންކުރުން މަނާކޮށްފި

ރާއްޖެ އެތެރެ ކުރި އިންޖެކްޝަން ބެޗެއް ބޭނުން ކުރުން މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ. އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭނުން ކުރުން މަނާކޮށްފައ...

30 May 2023 | 08:27

ރާއްޖެ އެތެރެ ކުރި އިންޖެކްޝަން ބެޗެއް ބޭނުން ކުރުން މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭނުން ކުރުން މަނާކޮށްފައިވަނީ އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން)ގެ ބެޗެއް ކަމަށެވެ. އެ ބެޗުގެ ކޮލިޓީގައި މައްސަލަތަކެއް އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.

އެމްއެފްޑީއޭއިން ބުނީ އެ ބެޗު ރާއްޖެ އެތެރެކޮށް، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ. މަނާކޮށްފައިވަނީ އެސިލޮކްގެ ބެޗް ނަމްބަރު  RP21311 އެވެ.

އ އިދާރާއިން ބުނީ އެ ބެޗުގެ އިންޖެކްޝަން އެއްވެސް ފާމަސީއަކުން ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅައި އަންގައިދިނުމަށް އެދޭ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ތެރެއިން ބޭސް ސިޓީ އަށް ބޭސް އެތެރެކުރާއިރު، ހާއްސަ ސަމާލުކަން ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރާނެ ކަމަށްވެސް ބުންޏެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް