ވިއްސާރަ މޫސުމުގެ ކުރިން ލޭންޑް ސްލައިތްތަކުން ރައްކާތެރިވުމަށް ބޫޓާނުން ފިޔަވަޅުތަކެއް އަޅައިފި

ވިއްސާރަ މޫސުމާއި ގުޅިގެން މޫސުން ގޯސްވެ، ބިންގަނޑު ކަޑައިގެން ގޮސް ކުރިމަރިވެދާނެ ހާދިސާތަކުން ރައްކާތެރިވުމަށް ބޫޓާންގެ ފުއެންޓްޝޮގްލިންގް ޑަންގްހަގް އަދި ތްރޮމްޑޭ ސަރަހައްދުގެ އޮފިޝަލުން ޕްރޮއެކްޓި...

30 May 2023 | 08:07

ވިއްސާރަ މޫސުމާއި ގުޅިގެން މޫސުން ގޯސްވެ، ބިންގަނޑު ކަޑައިގެން ގޮސް ކުރިމަރިވެދާނެ ހާދިސާތަކުން ރައްކާތެރިވުމަށް ބޫޓާންގެ ފުއެންޓްޝޮގްލިންގް ޑަންގްހަގް އަދި ތްރޮމްޑޭ ސަރަހައްދުގެ އޮފިޝަލުން ޕްރޮއެކްޓިވް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބޫޓާން ލައިވް އިން ވަނީ ރިޕޯޓްކޮށްފައެވެ.

މިގޮތުން މި ސަހަރައްހަދުތަކުގައި އޮފިޝަލުން ދަނީ 3 އަކަފޫޓުގެ ސަރަހައްދުގައި ބޭންބޫ ސެޕްލިން އިންދުމުގެ މަސައްކަތް މަޝްރޫޢުއެއް ކުރިއަށް ގެންދަމުންނެވެ.

ޚަރުބަންދީ ގޮއެންޕާގެ ނަމުން ވެސް ނަންދެވިފައިވާ ރިންޗެންޑިން މޮނާސްޓަރީގެ ދަށުގައިވާ ބިމަކީ ޒަމާނުއްސުރެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު ބޮޑު ތަނަކަށް ވާއިރު، މިހާރު މި ސަރަހައްދުގެ ބިންގަނޑުގެ ހާލަތު ހުރީ ނާޒުކު ހާލަތުގައެވެ.

މީގެ ކުރިން ބިންގަނޑު ކަޑައިގެން ދިއުމުގެ ސަބަބުން ޕާކިން ޒޯނުގައި ގިރުމުގެ ސަބަބުން ބިންގަނޑު ފަޅައިގެން ގޮސް، އަވަށްޓެރި ޗޯރޓެން އަށް ވެސް ނުރައްކާތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ވިއްސާރަ މޫސުން ކައިރިވަމުން އަންނައިރު، އޮފިޝަލުންނާއި ވޮލަންޓިއަރުންނާއި ލޯކަލް ކޮމިއުނިޓީތައް ގުޅިގެން ދަނީ ރިންޗެންޑިން މޮނާސްޓަރީ އާއި ވަށައިގެންވާ ސަރަހައްދު ބިންގަނޑު ކަޑައިގެން ދިއުމުގެ ނުރައްކާ ކުރިމަތިވުމުން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ގާތްގަނޑަކަށް 200 މީހުން ބައިވެރިވި ޕްލާންޓޭޝަން ޕްރޮގްރާމްގައި ބްރޫމް ގްރާސް ހިމެނޭ ގޮތަށް އެކި ވައްތަރުގެ ގަސް ބިންގަނޑު ވަރުގަދަ ކުރުމަށް ވަނީ އިންދާފައެވެ. އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި ވަކި ކަހަލަ ގަސްތަކަކީ ހަލުވިކަމާއެކު ހެދިބޮޑުވުމާއި، ބޮޑެތި ރޫޓްތަކުގެ ނިޒާމުތަކެއް ހުރުމުން، ބިންގަނޑު ކަޑައިގެން ދިއުން ހުއްޓުވުމަށް ބޭނުންކުރެވޭ ވަރުގަދަ ގުދުރަތީ ވަސީލަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް