އާމިލާ އާއި މަނިކު ވަކި ކުރަން ޕީސީބީއަށް ފޮނުވައިފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެކްމޯ)ގެ ޗެއާމަން، މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެމްބަރު، އާމިލާ ލަތީފް މަގާމުން ވަކިކުރަން ޕްރައިވަޓައިޒޭޝަން ބޯޑަށް ރައީސް އޮފީހުން ފޮނުވައިފި އެވެ...

30 May 2023 | 06:15

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެކްމޯ)ގެ ޗެއާމަން، މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެމްބަރު، އާމިލާ ލަތީފް މަގާމުން ވަކިކުރަން ޕްރައިވަޓައިޒޭޝަން ބޯޑަށް ރައީސް އޮފީހުން ފޮނުވައިފި އެވެ.

މި ދެ ބޭފުޅުންނަކީ އެމްޑީޕީގެ ސްލޮޓުގައި އެ މަގާމުތަކަށް އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުން ދާދި ފަހުން ވަނީ އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް އަށް ސޮއި ކޮށްފައި އެވެ.

އެމްޑީޕީން ވަނީ އެ ޕާޓީން ވަކިވާ ހިސާބުން އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށް ދިނުމަށް ރަސްމީކޮށް ސަރުކާރުގައި އެދިފައި އެވެ.

މީގެ ތެރެއިން އާމިލާ އަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ކޮއްކޮ އެވެ. މަނިކަކީ އެމްޑީޕީގެ ވިލިމާލޭ ދާއިރާގެ ކުރީގެ ރައީސެވެ.

އެމްޑީޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަގާމުން ވަކި ކުރަނީ ޑިމޮކްރެޓްސްއަށް ސޮއި ކުރަމުންދާ ބޭފުޅުންނެވެ. އެ މައްސަލައިގަ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މަޖިލީސް މެމްބަރުން ގެންދަވަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް