ފުވައްމުލަކު އެތެރޭ މަގު ހެދުމުގެ މަޝްރޫއު ނިމެނީ

ފުވައްމުލަކު ސިޓީ އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަކީ އެމްޓީީސީސީންނެވެ. އެކުންފުނިން ބުނީ މުޅި މަޝްރޫއުގެ 86 ޕަސެންޓު ނިމިފައިވާ ކަމަ...

30 May 2023 | 05:43

ފުވައްމުލަކު ސިޓީ އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެ އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަކީ އެމްޓީީސީސީންނެވެ. އެކުންފުނިން ބުނީ މުޅި މަޝްރޫއުގެ 86 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސަބް ބޭސް އެޅުމުގެ މަސައްކަތުގެ 92 ޕަސެންޓު ނިމފައިވާ ކަމަށް މައުލޫމާތުދެ އެވެ. ސަބް ގްރޭޑް އެޅުމުގެ މަސައްކަތުގެ 66 ޕަސެންޓު ވަނީ ނިމިފައި އެވެ.

އެމްޓީސީސީން ބުނީ ސައިޓުގައި މިހާރު ކުރިއަށްދަނީ ތާރުއެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި 95,239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެ އެވެ.

މީގެ އިތުރުން 27,450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުން މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. މަޝްރޫއުގެ ތެރޭގައި 19,940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫޢަކީ 302.72 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް