ބީއެމްއެލްއިން ހިއްސާއަކަށް 40 ރުފިޔާ ބަހަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާ އަކަށް40 ރުފިޔާ ބަހަން ނިންމައިފި އެވެ. މިގޮތަަށް ނިންމީ ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އެވެ. މިގޮތަށް ފާސްވީ ބައިވެރިވި ހިއްސާދާރުންގެ 10...

30 May 2023 | 05:29

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާ އަކަށް40 ރުފިޔާ ބަހަން ނިންމައިފި އެވެ.

މިގޮތަަށް ނިންމީ ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އެވެ.

މިގޮތަށް ފާސްވީ ބައިވެރިވި ހިއްސާދާރުންގެ 100 ޕަސެންޓް ވޯޓުންނެވެ. އެއީ ޖުމްލަ 215 މިލިއަން ރުފިޔާ އެވެ.

މިއީ ބޭންކުން މިދިޔަ އަހަރު ހިއްސާދާރުންނަށް ބެހި އަދަދަށް ވުރެ 44 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާ ބެހި އެވެ.

އެ ބޭންކުން 350،000 ކަސްޓަމަރުން އަންނަނީ ހިދުމަތް ހޯދަމުންނެވެ.

ބީއެމްއެލްގެ 62.2 ޕަސެންޓު ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް