ދޭތެރެދޭތެރެއިން ދަރިވަރުން ޓީބީއަށް ޕޮސިޓިވްވޭ، މިހާރު ސްކްރީނިން ޕްރޮގްރާމެއް ކުރިޔަށް އެބަދޭ: އެޑިއުކޭޝަން

ދޭތެރެ ދޭތެރެއިން ސްކޫލް ދަރިވަރުން ޓީބީއަށް ޕޮސިޓިވް ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ އަހަރަކުވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއ...

30 May 2022 | 14:10

ދޭތެރެ ދޭތެރެއިން ސްކޫލް ދަރިވަރުން ޓީބީއަށް ޕޮސިޓިވް ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ އަހަރަކުވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން ސްކޫލްތަކުގައި ޓީބީއަށް ސްކީން ކުރުން ކުރިޔަށް ގެންދާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން މިއަހަރު ކުރިޔަށް ގެންދާ ސްކްރީނިން ޕްރޮގްރާމު މިހާރު ފެށިގެން ކުރިޔަށްދާ ކަމަށެވެ.

ޓީބީއަކީ ރާއްޖެއިން ފެނިފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބަޔަކަށްވާއިރު، އެކި އުމުރުފުރައިގެ ސްކޫލް ދަރިވަރުން މަދުން ނަމަވެސް މި ބައްޔަށް ފައްސިވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ޓީބީއަކީ ރާއްޖެއިން ފެނިފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބަޔަކަށްވާއިރު، އެކި އުމުރުފުރައިގެ ސްކޫލް ދަރިވަރުން މަދުން ނަމަވެސް މި ބައްޔަށް ޕޮސިޓިވްވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ މިފަދަ ކޭސްތަކާއި ގުޅިގެން އަމަލު ކުރަމުންދަނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ. އެކަމަކު ސްކޫލްތަކުގައި ދަރިވަރުންގެ މެދުގައި ޓީބީ ފެތުރެމުން ނުދާ ކަމަށް ބުނެ އެވެ.

އެޑިއުކޭޝަނުން ބުނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ސަމާލުކަން ދޭ ކަމަށެވެ.

މިވާހަކަތައް ފެތުރުނީ އެޗްޕީއޭއިން ކުރިޔަށް ގެންދާ ސްކްރީނިންގެ ތެރެއިން ސީއެޗްއެސްސީގެ ދަރިވަރަކު ޓީބީއަށް ޕޮސިޓިވްވި ކަމަށް ބުނަން ފެށި ހިސާބުންނެވެ. އެކަމަކު މިނިސްޓްރީން މިކަން ޔަގީނެއް ނުކޮށްދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް