އިސްދޫ އަންހެނުން ކަލައިދޫ ސަރަހައްދެއް ކުނިކަހާތީ ހިތްހަމަނުޖެހި، ދެ ރަށު މީހުން މުޒާހަރާކޮށްފި

ލ. އިސްދޫ އަންހެނުން އެ ރަށާއި ގުޅިފައި އޮންނަ ކަލައިދޫ ބައެއް ކުނިކަހާތީ އުފެދުނު ހިތްހަމަނުޖެހުމުގައި ދެ ރަށު އަންހެނުން މުޒާހަރާ ކޮށްފި އެވެ. ކަލައިދޫ ކައުންސިލް މެމްބަރު ރުގިއްޔާ އަހުމަދު ވިދާޅުވީ...

30 May 2022 | 13:04

ލ. އިސްދޫ އަންހެނުން އެ ރަށާއި ގުޅިފައި އޮންނަ ކަލައިދޫ ބައެއް ކުނިކަހާތީ އުފެދުނު ހިތްހަމަނުޖެހުމުގައި ދެ ރަށު އަންހެނުން މުޒާހަރާ ކޮށްފި އެވެ.

ކަލައިދޫ ކައުންސިލް މެމްބަރު ރުގިއްޔާ އަހުމަދު ވިދާޅުވީ އިސްދޫ އާއި ކަލައިދޫ އަކީީ ސަރުކާރުން އިންކަނޑައަޅައި ވަކިކޮށްދީފައި އޮންނަ ދެ ރަށަށް ކަމަށެވެ. އެ އިންތައް ވަކިކޮށް ސަރުކާރުން މީގެ ކުރިން ގެޒެޓު ކޮށްފައިވާ ކަމަށެވެ.

އެކަމަކު އާ ކައުންސިލް ހޮވުނު ފަހުންވެސް އިސްދޫ އަންހެނުން ދަނީ އެ ރަށުގެ އިމުގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކުނިކަހަމުން ކަމަށް ވިދާޅުވި އެވެ. ރުގިއްޔާ ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހު އެކަމުގައި ކަލައިދޫ އަންހެނުން އެއްޗެއް ނުބުނެ ތިބުމަށް ފަހު މިއަދު އެ ސަރަހައްދަށް ދިޔައީ އެކަން ހުއްޓުވުމަށް ކަމަށެވެ.

މި މައްސަލައިގަ ހިތްހަމަ ނުޖެހިގެން އިސްދޫ އަންހެނުން ވަނީ އެ ރަށު ކައުންސިލް އިދާރާ ކުރިމަތީ މުޒާހަރާ ކޮށްފަ އެވެ. އިސްދޫ އަންހެނުންގެ މުޒާހަރާ އާއި ގުޅިގެން އިސްދޫ ކައުންސިލުގެ ރައީސް އިބްރާހިމް ހަލީލް މީޑިއާގައި ވިދާޅުވީ އަންހެނުން ހިތްހަމަ ނުޖެހުން ފާޅު ކުރަން ޖެހުނީ ބޯޑާ ލައިން ކުނިކަހަމުން ދަނިކޮށް ކަލައިދޫ ކައުންސިލުން ގޮސް ހުރަސް އަޅާފައިވާތީ ކަމަށެވެ.

އިސްދޫ ރައްޔިތުން ހިތްހަމަ ނުޖެހެނީ ސަރުކާރުން އިހްތިސޯސް ކަނޑައަޅައި، ބިން ކަނޑައަޅައިދީފައިވާ ގޮތުން ކަމަށެވެ. އެގޮތުން އެރަށުގެ ބިމުން ވަރަށް ބޮޑުބައެއް އޮތީ އެރަށު ރައްޔިތުންނަށް ނުލިބޭ ކަހަލަ ގޮތަކަށް ކަމަށް ހަލީލް ވިދާޅުވެފައިވެ އެވެ.

ރުގިއްޔާ ވަނީ އިސްދޫ ކައުންސިލްގެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އާ ކައުންސިލް ހަވާލުވި ފަހުން އިސްދޫ އަންހެނުން ކަލައިދު ސަރަހައްދެއް ކަހަނީ އިސްދޫ ކައުންސިލް އިސްވެރިންގެ އެންގުމަށް ކަމަށެވެ.

އަަދި އިހްތިސޯސް ކަނޑައަޅާފައިވަނިކޮށް ކަލައިދޫ ސަރަހައްދު އިސްދޫ ރައްޔިތުންނަށް ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މި ދެރަށަކީ ބިމުގެ މައްސަލައިގަ ޒަމާނުން ހިތްހަމަ ނުޖެހުންތައް އޮންނަ ދެ ރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް