ފުވައްމުލަކުގައި ތެޔޮ ޓޭންކަރެއް ގޮވައި މީހަކު ސީރިއަސް ހާލަތެއްގައި

ފުވައްމުލަކު ސިޓީގައި ތެޔޮ ޓޭންކަރެއް ގޮވައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ. މިި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ދޫނޑިކަން އަވަށުގެ ބަނދަރުގައި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ...

30 May 2022 | 11:38

ފުވައްމުލަކު ސިޓީގައި ތެޔޮ ޓޭންކަރެއް ގޮވައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

މިި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ދޫނޑިކަން އަވަށުގެ ބަނދަރުގައި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ތެޔޮ ޓޭންކަރު ގޮވައި އަލިފާން ރޯވީ އެ ޓޭންކަރު ގޭސް ކަޓަރެއް ބޭނުންކޮށްގެން ކަފަމުންދަނިކޮށެވެ. އޭރު ޓޭންކަރު ހުރީ ތެޔޮ ހުސްކޮށްފަ އެވެ.

އެ ޓޭންކަރަކީ އެ ރަށުގައި ތެލުގެ ވިޔަފާރި ކުރާ ހަވްކްސް ކުންފުނީގެ ޓޭންކެކެވެ. އެ ޓޭންކު ކެފީ ޓޭންކަރު ބޭނުން ނުކޮށް ބެހެއްޓުމަށް ފަހު ބާދަގަނޑު ގަންނަ ބަޔަކަށް ވިއްކާލާފައިވާތީ ގެންދިއުމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ޓޭންކަރު ކަފަން އުޅުނު ބަންގްލަދޭޝް މީހާއަށެވެ. އެމީހައަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް