ޓީބީ ބަލީގެ އައުޓް ބްރޭކެއް އުޅޭ ކަމަށް ބުނާ ވާހަކަ ހެލްތް މިނިސްޓްރީން ދޮގު ކޮށްފި އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޓީބީ ފެތުރެމުންދަނީ ސްކޫލް އުމުރުފުރާގެ ކުދިންގެ މެދުގައި އެވެ. މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓިބީ ނައްތާލުމަށް ހިންގަމުންދާ ގައުމީ ކެމްޕެއިންގެ ދަށުން އަބަދުވެސް ޓީބީ ނައްތާލުމަށް ސްކްރީން ކުރުމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެގޮތުން ތަފާތު ދާއިރާތަކުގައި އަބަދުވެސް ސްކްރީނިން ކުރިޔަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީބީއަކީ އަދިވެސް ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ނޫން ކަމަށެވެ. އެހެން ކަމުން މަދު މަދުން އެ ބަލި ޖެހޭ މީހުން ފެންނަ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.
އެކަމަކު މި ދުވަސްވަރު ޓީބީގެ އައުޓް ބްރޭކެއް އެއްވެސް ހިސާބެއްގައި ނޫޅޭ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް