ކުރިއަރަމުން އަންނަ އިންޑިއާގެ ފިލްމީ ތަރި ފައިސަލް ހާން ބޭނުންވަނީ ބޮލީވުޑްގެ ތަރި ސަލްމާން ހާންހެން ހުސްހަށިބައިކޮށް ހުންނަން ކަމަށް އޭނާ ބުނެފި އެވެ.
ފައިސަލް އެންމެ ވިދުން ގަދަވީ ދަލަކް ދިކްލާޖާ ސީޒަން އަށެއް ކާމިޔާބު ކޮށްގެންނެވެ. އޭނާ އޭގެ ކުރިންވެސް އެފަދަ ގިނަ ޝޯތަކެއްގައި ބައިވެރިވެފައިވެ އެވެ.
މިހާރު އޭނާ ކުޅެމުންދަނީ ސޮނީ ސަބްއިން ދައްކާ ޑްރާމާ ސިލްސިލާ "ދަރްމް ޔޮއްދާ ގަރުދް" އެވެ.
މި ފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ ލޯބީގެ ދިރިއުޅުމާއި ގުުޅޭގޮތުން ބުނީ އިތުރު މީހަކާއި ލޯބީގެ ގޮތުން ގުޅެން ނުވިސްނާ ކަމަށެވެ. މިހާރު ހުރީ ހުސްކޮށް ކަމަށާއި ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފެށުމުގެ ހިޔާލުވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފައިސަލް ރައްޓެހިވެގެން އުޅުނީ މޮޑެލެއް ކަމަށްވާ މުސްކާން ކަޓާރިއާ އާއި އެވެ. ދެމީހުންގެ ލޯބީގެ ގުޅުން ބޮޑު ޑްރާމާގަނޑެއްގެ ތެރެއިން ނިންމާލި އިރު މުޅި މީޑިއާގައި އެމީހުންނަށް ޖޯކު ޖަހާފައިވެ އެވެ. ފައިސަލް ބުނީ ލޯބީގައި ކުރެވިފައިވަނީ ހިތި ތަޖުރިބާއެއް ކަމަށެވެ.
އޭނާ ބުނީ މިހާރު ބޭނުންވަނީ ސަލްމާން ހާންހެން އެކްޓިންއަށް ފޯކަސްކޮށް އަބަދު އުޅެން ކަމަށެވެ. އަދި އޭނާ ވާން ބޭނުންވަނީ ބޮލީވުޑްގައި ސަލްމާނަށް ދީފައިވާ ނަން އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި ހިފަހައްޓައިގެން މީހަކާ ނީނދެ ހުންނަ މީހަކަށް ކަމަށެވެ.
ލޯބީގެ އިތުރުން އެކްޓިންގައިވެސް ފައިސަލް އަކީ މާ ކާމިޔާބު މީހެއް ނޫނެވެ.
ވަރަށް ކުޑައިރު ރިއަލިޓީ ޝޯތަކުގަ އާއި ޑްރާމާ ސިލްސިލާތަކުގައި ބައިވެރިވާން ފެށި ނަމަވެސް ކުޑައިރު ޑްރާމާ ކުޅެން ލިބުނީ ކުއްޖަކު ނުލިބިގެން ކަމަށް ޑައިރެކްޓަރުން ބުނާ ކަމަށް އޭނާ ބުންޏެވެ. ފައިސަލް ބުނީ މިހާރު އޭނާއަށް ޑްރާމާތަކުން ރޯލެއް ދޭން އެދުމުން ދެކޮޅު ހަދަނީ މާ ކުޑަކުއްޖެއް ވައްތަރު ޖަހާތީ ކަމަށް ބުނާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް