ހަތަރު ރަށެއްގައި ހޮސްޕިޓަލަށް އަޅަން 57 މިލިއަން ޑޮލަރަށް އިންޑިއާގެ ކުންފުންޏަކަށް

އަތޮޅު ތެރޭގެ ހަތަރު ރަށެއްގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އާއި ހަވާލުކޮށްފި އެވެ. މި ކަމުގެ އ...

30 May 2022 | 08:47

އަތޮޅު ތެރޭގެ ހަތަރު ރަށެއްގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އާއި ހަވާލުކޮށްފި އެވެ.

މި ކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ. ޓީސީއައިއެލްގެ ފަރާތުން ސޮއި ކުރެއްވީ އަތުލް ކުމާރު ޖެއިން އެގްޒެކެޓިވް ޑިރެކްޓަރ (ސިވިލް) އެވެ.

މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ރ. އަލިފުށި، ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިލީގައި އެވެ. ޓީސީއައިއެލް އާއި މި މަޝްރޫއުުތައް ހަވާލު ކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އަށެވެ.

އެ އެއްބަސްވުމުގެ ދަށުން ދިއްދޫ އާއި ކުޑަހުވަދޫ އަދި ވިލިނގިލީގައި އިމާރަތްކުރަން ހަމަޖައްސާފައިވަނީ 50 އެނދުގެ ހޮސްޕިޓަލެވެ. އަލިފުށީގައި ހަދަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލެވެ.

އެކަމަކު ހޮސްޕިޓަލްތައް އަޅަން ދިނީ ކިހާ މުއްދަތެއް ކަން ހާމައެއް ނުކުރެ އެވެ.

މިނިސްޓްރީން ބުނީ އެއީ އަންސޮލިސިޓެޑް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

އެކަމަށް ފައިނޭންސްކުރަން ހަމަޖައްސާފައި ވަނީ އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް