ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ އޮގަސްޓު މަހުގެ19 ވަނަ ދުވަހު ބާއްވާގޮތަށް ފަސްކޮށްފި އެވެ.
އެ ޕާޓީގެ ކޮންގްރެސް ބާއްވަން އެންމެ ފުރަތަމަ ނިންމީ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ތާރީހަށް ބަދަލު ގެންނަން ނިންމީ ރޭ ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އެވެ.
ކޮންގްރެސް ބާއްވާ ތާރީހު ފަސް ކުރީ އަސާސީ ގަވާއިދުގައިވާ ތާރީހުތަކަށް ބައެއް ކަންކަން ފެއްތުމަށެވެ. މިގޮތަށް ނިންމީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރު މެމްބަރުން ފާސްކޮށްގެންނެވެ.
ކޮންގްރެސްއަށް ހުށަހަޅަން ނިންމާފައިވާ ހުރިހާ ކަމެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މުހިންމު ކަމެއް ކޮންގްރެސްއަށް ހުށަހަޅުއްވާނެކަން އިއުލާނު ކުރައްވާފަ އެވެ.
އެއީ ރިޔާސީ އިންތިހާބުގައި30 ޕަސެންޓަށްވުރެ ގިނައިން ވޯޓު ލިބޭ ކެންޑިޓޭޓަކު ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބުވީ ކަމަށް ބެލުމެވެ. އަދި30 ޕަސެންޓަަށްވުރެ ދަށުން ވޯޓު ލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރު ބޭއްވުމެވެ.
ނަޝީދު ވިދާޅުވެފައިވާގޮތުގައި އެ އިސްލާހު ހުށަހަޅުއްވަން ނިންމެވ އިތުރު ދެ ދައުރަށް އެމްޑީޕީ ވެރިކަމުގައި އޮތުމަށް ރައްޔިތުން އެދޭތީ ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ2018 ވަނަ އަހަރު އއ. އުކުޅަހުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް