ހިއްސާއަކަށް 48 ރުފިޔާގެ މަގުން 258 މިލިއަން ރުފިޔާ ބަހަން ބީއެމްއެލްއިން ފާސްކޮށްފި

ހިއްސާއަކަށް 48  ރުފިޔާގެ މަގުން ް258 މިލިއަން ރުފިޔާ ބަހަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ. ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ބޭއްވީ ރޭ ހޮޓެލް ޖެންގައި...

30 May 2022 | 05:38

ހިއްސާއަކަށް 48  ރުފިޔާގެ މަގުން ް258 މިލިއަން ރުފިޔާ ބަހަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ބޭއްވީ ރޭ ހޮޓެލް ޖެންގައި އެވެ. ބީއެމްއެލްއިން ބުނީ މިއީ ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ ރެކޯޑު އަދަދެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ހިއްސާދާރުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުގެ ކުރީކޮޅު، އިންޓަރިމް ޑިވިޑެންޑް ގެ ގޮތުގައި ހިއްސާ އަކަށް 13 ރުފިޔާ ބެހުމަށް ބޯޑުން ވަނީ ނިންމާފަ ކަމަށެވެ. އަދި ރޭ ހިއްސާދާރުން ވަނީ ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާ ދޫކުރުމަށް ނިންމާފ ކަމަށާއި މީގެ ކުރިން ހިއްސާދާރުންނަށް ބެހުނު 13 ރުފިޔާ މި 48 ރުފިޔާގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ބޭންކުގެ ތާރީހުގައި މިހާތަނަށް ދޫކުރެވޭ އެންމެ ބޮޑު އަދަދު ކަމަށެވެ.

ބީއެމްއެލްއިން ބުނީ ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން 2021 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 258 މިލިއަން ރުފިޔާ ލިބޭނެއެވެ. ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާގެ އިތުރުން 2021 ވަނަ އަހަރުގެ ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ.

2020 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް