ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް އޮތީ ވައިޓް އެ...

30 May 2022 | 04:48

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައި އޮތީ ހެނދުނު11:00 ގެ ނިޔަލަށެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

އާންމުގޮތެއްގައި ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގު ދެކުނުގެ އަތޮޅުތަކަށް އަށް މޭލާއި18 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. އެހެން ހިސާބުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ12 މޭލާއި22 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ.

ކަނޑުތައް އާއިގެ ވަރަކަށް ގަދަވާނެ އެވެ. އަދި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް