ރާއްޖެއިން މިއަދު ކޮވިޑަށް 780 މީހުން ފައްސިވެއްޖެއެވެ.
ކޯވިޑަށް މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 571 މީހުންނެވެ. އަތޮޅު ތެރެއިން 205 މީހުން ޕޮސިޓިވްވެފައިވެ އެވެ. ދެން މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވަނީ އޮޕަރޭޝަން ހުއްޓާލާފައި އޮތް ރިސޯޓުތަކުން ހަތަރު މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،356 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 24،205 މީހުންނަށެވެ. އޭގެ ތެރެއިން 218 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 39،314މީހުންނެވެ.
އިއްޔެ ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ އެންމެ މީހެކެވެ. މިހާތަނަށް ކޯވިޑްގައި މަރުވި އަދަދު ވަނީ 158 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 63،686 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް