ރައީސް ޞާލިޙު، ލަންކާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި

ފާއިތުވި ޙަފްތާ، ސްރީލަންކާގެ ބަނދަރުގައި އޮތް އެމް.ވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓުގައި އަލިފާން ރޯވެ، ހީނުކުރާވަރުގެ ނުރައްކާތެރި ޙާދިސާއެއް ހިނގުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

30 May 2021 | 16:57

ފާއިތުވި ޙަފްތާ، ސްރީލަންކާގެ ބަނދަރުގައި އޮތް އެމް.ވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓުގައި އަލިފާން ރޯވެ، ހީނުކުރާވަރުގެ ނުރައްކާތެރި ޙާދިސާއެއް ހިނގުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އަދި މިކަމުގެ ސަބަބުން ކުރިމަތިވި ދަތިޙާލަތުގެ ސަބަބުން އެމަނިކުފާނު ވަނީ އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިންޑިޔާ ކަނޑުގެ ޤައުމުތައް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަނީ ކަނޑުން ލިބޭ އާމްދަނީ އަށްކަމަށް ވާތީ މި ޙާދިސާގެ ސަބަބުން ލިބޭނެ ގެއްލުން އަންދާޒާކޮށްލެވޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ސްރީލަންކާއަށް މި ކުރިމަތިވި ހިތާމަވެރި ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި ދިވެހިރާއްޖެ އޮތީ ސްރީލަންކާއާ އެކު ކަމަށް ރައީސުލްޖުމްހުރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މިއަދު ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވާ ދެ ޤައުމުގެ ގުޅުން މުޞްތަޤްބަލުގައިވެސް ދެމިގެން ދާނެކަން ޔަޤީންކުރައްވާކަމުގައި ބަޔާންކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް