މެދު ރާއްޖެތެރޭގެ ރަށެއްގައި ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަނީ

މެދު ރާއްޖެތެރޭ ރަށެއްގައި ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވަނީ ނޯތް ސެންޓްރަލް ޕޮލި...

30 May 2021 | 16:50

މެދު ރާއްޖެތެރޭ ރަށެއްގައި ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން ކަމަށެވެ. އެއީ ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ޖިންސީ އަނިޔާ ލިބިފައިވަނީ16 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުނެ އެވެ.

އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގަ މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާނެ މައްސަލަތައް ކަމަށެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް