މާލޭ ސިޓީ ކައުންސިލުގެ މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

މާލޭ ސިޓީ ކައުންސިލުގެ މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުގެ މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން ވ...

30 May 2021 | 14:59

މާލޭ ސިޓީ ކައުންސިލުގެ މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުގެ މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން ވަނީ އެމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 20 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 14:00 ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. މިމަސައްކަތާއި ގުޅިގެން ޕްރީ-ބިޑް ބައްދަލުވުން ނޯންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 04 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނުމަގު ، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި، ގައެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 24 ޖޫން 2021 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީ-މެއިލް ކުރުމަށް އެ ކައުންސިލުން އެދެއެވެ.

މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް އޮޑިޓެއް ހަދަން ގަސްތުކުރާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ އިއްޔެގެވަގުތެއްގައެވެ.

މުއިއްޒު ވިދާޅުވީ، މަސައްކަތް ރަނގަޅަށް ފެށިގެންދާއިރު ކައުންސިލް އޮތް ޙާލަތު ރަނގަޅަށް އެނގުމަކީ ކުރިމަގު ބައްޓަންކުރުމުގައި މުހިއްމުކަމެއް ކަމަށެވެ. އެހެންކަމުންް، ޙާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދަން ގަސްދުކުރާ ކަމަށާއި، މިކަން ކޮށްދޭނެ ފެންވަރު ރަނގަޅު ފަރާތެއް ހޯދަން ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެ ކަމަށެވެ.

https://twitter.com/MMuizzu/status/1398700288333156352

މާލެ ސިޓީގެ މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ދެންދަވާ މުއިއްޒު ވަނީ މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިމަކާއި، ހިޔާ ފްލެޓްގެ އަގުތަކާ ގުޅޭގޮތުން ދާދި ފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއާއި ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް