އިންޑިއާ-ރާއްޖެއާއި ދެމެދު މިދިޔަ އަހަރު ފެށުނު ކާގޯ ފެރީގެ ހިދުމަތް މެދުކެނޑުމެއްނެތި މިހާރުވެސް ކުރަމުން ދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްގެ ސްޕޯކްސް ޕަރސަން ދާނިޝް ނިޒާމް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮންޓެއިނަރތައް ފެރީއިން އުފުލާއިރު، ކޮންމެ މަހަކު އެއްފަހަރު ނުވަތަ 2 ފަހަރު ފެރީ ރާއްޖެ އަންނަކަމަށެވެ.
ބައެއް ފަރާތްތަކުން އެ ހިދުމަތް ހުއްޓުފައިވާކަމަށް ވާހަކަ ދައްކާކަން މީސް މީޑިއާގެ ޒަރީއާއިން ފާހަގަކުރެވިގެން ދިޔަ ކަމަށާއި، އެހެންނަމަވެސް ފާއިތުވި 3 މަހުގައިވެސް ޖުމްލަ 20 ފޫޓުގެ 309 ކޮންޓެއިނަރ އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވާކަމަށް ދާނިޝް ފާހަގަކުރެއްވިއެވެ.
އަދި މީގެއިތުރުން، 2624.47 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ރާއްޖެ ގެނެސްފައިވެއެވެ. ގިނަ ވިޔަފާރިވެރިން މި ހިދުމަތް ބޭނުންކޮށް މިކަމަށް ބޮޑު ތަރުހީބެއް ދެމުންދާކަން އެމްޕީއެލްއިން ފާހަގަކޮށްފައި ވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ފެށި މި ހިދުމަތް ކޮވިޑް-19ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް މެދުކެނޑިފައިނުވާ ކަމަށާއި އަދި މި ހިދުމަތް މިހާރަށް ވުރެން ރަނގަޅަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް