ފިނޮޅަށް ގެއްލުން ދިނުމުން ގިލިލަންކަންފުށި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ކ.ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާއި ދެމެދުގައި އޮންނަ ފިނޮޅަށް ގެއްލުން ދިން މައްސަލައިގަ ގިލި ލަންކަން ފުށި ހިންގާ ޕްރޮމޯސް ޕްރައިވެޓް ލިމިޓެޑް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ. އެ ފިނޮ...

30 May 2021 | 12:50

ކ.ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާއި ދެމެދުގައި އޮންނަ ފިނޮޅަށް ގެއްލުން ދިން މައްސަލައިގަ ގިލި ލަންކަން ފުށި ހިންގާ ޕްރޮމޯސް ޕްރައިވެޓް ލިމިޓެޑް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެ ފިނޮޅަށް ކޯރު ކަނޑައިގެން ގެއްލުން ދިނީ ގިލިލަންކަންފުށީ ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ތިބެގެން މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުެގ ރޭ އެވެ. އެކަން ހުއްޓުވީ ހިންމަފުށީގެ ބައެއް ރައްޔިތުން އެ ފިނޮޅަށް ގޮހެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޗަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރިސޯޓްގެ މުވައްޒަފުން އެެ ފިނޮޅަށް އަރައި އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން އެ އެޖެންސީން ފުލުހުން މެދުވެރިކޮށް ބެލި ބެލުމުން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ފިނޮޅުގެ ތިން ސަރަހައްދަކުން ކޯރު ކަނޑާފައިވާ ކަމަށް އީޕީއޭއިން ބުނެ އެވެ. އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ 5،62،980،00 ރުފިޔާއިންނެވެ.

އީޕީއޭއިން ބުނީ ޖޫރިމަނާކޮށްފައިވަނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުންނެވެ. ޖޫރިމަނާ ފައިސާ ދެއްކުމަށް އެ ކުންފުންޏަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

މިކަން ހިނގި ދުވަސްވަރު ސޯޝަލް މީޑިއާގައި މީހުން ހިއްސާ ކޮށްފައިވާ މައުލޫމާތު ތަކުގައި ބުނެފައިވަނީ އެ ރިސޯޓުގެ ވެރިން ފިނޮޅަށް ގެއްލުން ދިނީ ހިންމަފުށީ މީހުން އެ ފިނޮޅަށް ދަތުރު ދާތީ އުނދަގޫވާކަމަށް ބުނެ އެވެ.

މި މައްސަލައިގަ ގިލިލަންކަންފުށީގެ އޭރުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް ފުރުން ކޯޓު އަމުރަކުން މަނާ ކުރުމުން އޭނާ ފަހުން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް