ކާފިއު ގަޑީގައި ބޭރުގައި އުޅޭ ވޯކް ވިސާ ނެތް ބިދޭސީން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް

ކޯވިޑް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލަނުކޮށްފައިވާ ގަވައިދުތަކާއި ހިލާފުވާ ބިދޭސީން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ގެންދަން ފަށައިފި އެވެ. މމި މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް ޕޯޓްސް ލ...

30 May 2021 | 12:06

ކޯވިޑް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލަނުކޮށްފައިވާ ގަވައިދުތަކާއި ހިލާފުވާ ބިދޭސީން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ގެންދަން ފަށައިފި އެވެ.

މމި މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް ޕޯޓްސް ލިމެޓެޑުންނެވެ. އެ ކުންފުނިން ބުނީ އެމީހުން ހުޅުމާލެއަށް ގެންދަނީ އިމިގްރެޝަނާއި ފުލުހުންގެ އެހީތެރިކަމާއި އެކު ކަމަށެވެ.

އެމީހުން ގެންދަނީ އިކޮނޮމިކް މިނިސްޓްރީން އެފަދަ ބިދޭސީން ބޭތިއްބުމަށް ހަމަޖައްސާފައިވާ ހިޔާ އަށެވެ. މީގެ ކުރިންވެސް މި މަސައްކަތް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކޮށްފައިވެ އެވެ.

https://twitter.com/Portmv/status/1398891040451350531

އެގޮތުން މިދިޔަ އަހަރުގެ ކޯވިޑް ލޮކްޑައުން ތެރޭގައި ގަވައިދާ ހިލާފަށް މަގުމަތީގައި އުޅުނު ލިޔެކިޔުން ނެތް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައި އެވެ. އެ މަސައްކަތް ކޮށްފައިވަނީ ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާއި ގުޅިގެންނެވެ. އެގޮތުން ބައެއް ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވަނީ ބަންގްލަދޭޝް އަސްކަރީ މަތިންދާ ބޯޓުގައި އެވެ.

އެ މަސައްކަތް މެދުކަނޑާލަން ޖެހުނީ ހުޅުމާލޭގައި އެމީހުން ބައިތިއްބަމުން އައި ޑިޓެންޑަން ސެންޓަރުގެ ޖާގަ ފުރެން ފެށުމުންނެވެ. އެކަމަކު އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ފަދަ ބިދޭސީން ބައިތިއްބާނެ އިތުރު ތަނެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދައިދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް