އެންމެ ގިނަ ލާރި ރިސީވް ވެފަ ހުންނާނީ މިހާރު ތިބި މީހުންނަށް، އެންމެން ޖަލަށް ލެވޭވަރަށް އޯޑިއޯ އެބަހުރި: ޝައިނީ !

އެމްއެމްޕީއާރުސީގެ އެންމެ ގިނަ ލާރި ރިސީވް ވެފަ ހުންނާނީ މިހާރު ތިބި މީހުންނަށް ކަމުގައި ރައީސް ޔާމީން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށް ބެލެވޭ ބޭފުޅަކު ވިދާޅުވެއްޖެއެވެ. މިހ...

30 May 2021 | 11:41

އެމްއެމްޕީއާރުސީގެ އެންމެ ގިނަ ލާރި ރިސީވް ވެފަ ހުންނާނީ މިހާރު ތިބި މީހުންނަށް ކަމުގައި ރައީސް ޔާމީން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށް ބެލެވޭ ބޭފުޅަކު ވިދާޅުވެއްޖެއެވެ.

މިހެން ބުނެފައިވަނީ ލީކުވެފައިވާ އޯޑިއޯއެއްގައެވެ.

މި އޯޑިއޯގެ ކޮޕީއެއް ދުވަހަށް ލިބިފައިވާއިރު ޝައިނީ ކަމަށް ބެލެވޭ އެ ބޭފުޅާ ވިދާޅުވަނީ އޭގެ އެންމެ ގިނަ ލާރި ރިސީވް ވެފަ ހުންނާނީ މިހާރު ތިބި މީހުންނަށް ކަމަށާއި މީ ކުޑަކުއްޖަކުވެސް ދަންނާނެ ވާހަކަތައް ކަމަށެވެ.

"ކައެމެންނަށް މަ ދެން ނޭނގެނީ ކަންނޭނގެ، މަގޭ އަތުގަ ހުންނާނެ އޯޑިއޯ ރެކޯޑިން ތި ހުރިހާ އާލާތުން ޖަލަށްލާވަރަށް" ޝައިނީ ކަމަށް ބެލެވޭ މީހާ އެ އޯޑިއޯގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް އޭގައި އަބްދުﷲ ޝާހިދު ނުހިމެނޭކަމަށް ޝައިނީ ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވެއެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބަވާފައިވާ މި އޯޑިއޯގައި ޝައިނީ ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވީ ސަރުކާރު ބަދަލުކުރަން،ފެބްރުއަރީ އެކެއްގެ ފަހުން ހުރިހާ ސްޓިންގ އޮޕަރޭޝަނެއް ހިންގީ އޭނާ އެންމެ އެތެރޭގައި ހުރެގެން ކަމަށެވެ.

"ފެބްރުއަރީ އެކެއްގެ ފަހުންވެސް ސަރުކާރު ވައްޓާލަން ކިހާ މަސައްކަތެއް ކުރީ، ކިހާ ލާރިއެއް ކިހާ ބަޔަކަށް ދިނީ، އޭގެ ބައެއް ލާރި ރިސީވްވެސް ކުރީ މީހުން ފޮނުވައިގެން މަށޭ ، އެމީހުންނަކަށް ނޭނގޭނެ ވީއެއް ނުވީއެއް" މި އޯޑިއޯގައި ޝައިނީ ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވެފައިވެއެވެ.

މި އޯޑިއޯއަކީ ކޮން އިރެއްގެ އޯޑިއޯއެއް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް ޝައިނީ ކަމަށް ބެލެވޭ ބޭފުޅާގެ ވާހަކައިގާ އެއްފަހަރު އަމިއްލަ ނަފްސަށް ޝައިނީ ކަމަށް ބުނެ މުހާތަބު ކުރެއެވެ. އަދި ފެށިގެން ގިނަ ވާހަކަތަކެއް ދެއްކީ ރައީސް ޔާމީނާއި ދެކޮޅަށެވެ. އެގޮތުން ކެބިނެޓް މިނިސްޓަރުކަން ކުރުމުން ފްލެޓުގަނޑެއްހާ ހިސާބުވެސް ނުދިން ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް