ރާއްޖޭގެ ތާރީހުގައިވެސް ކެބިނެޓް މިނިސްޓަރުންނާއިމެދު އެންމެ އިހާނެތިކޮށް ހެދީ ރައީސް ޔާމީން ކަމުގައި، ރައީސް ޔާމީންގެ ދައުރުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށް ބެލެވޭ ބޭފުޅަކު ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވެފައިވަނީ ލީކުކޮށްލާފައިވާ އޯޑިއޯއެއްގައެވެ.
ޝައިނީ ކަމަށް ބެލެވޭ މީހަކާއި، އެހެންމީހަކާއި ދެމެދު ދެކެވުނު ވާހަކައެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާއިރު އެ އޯޑިއޯގައި ޝައިނީ ކަމަށް ބެލެވޭ މީހާ ބުނަނީ ސިފައިންނާއި ފުލުހުންނަށް، ނަރުހުންނާއި ޑަކުޓަރުންނަށް، ސިވިލް ސާވަންޓުންނަށް ފްލެޓް ދިން އިރު ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ފްލެޓެއްގެ ހިސާބުވެސް ރައީސް ޔާމީން ނުދެއްވި ކަމަށެވެ.
"މިބުނާ ވާހަކައަކީ ވަޒީރުންގެ ތެރޭގަ ގޯތި ނެތް މީހުންނަށް ކީއްހޭ ވާނީ ފްލެޓެއް ދިނިއްޔާ، ހަމައެކަނި އެއަށް ލާރިދައްކާނޭ ޗާންސެއް ދޭށޭ" އޯޑިއޯގައި ވިދާޅުވެފައިވެއެއެވެ.
ވިދާޅުވެފައިވަނީ ތަންވެސް ހުރި ކަމަށާއި އަމީން ކޮންސްޓްރަކްޝަނުން ހަދަން އުޅޭތަނެއް، އީވައިސީން ވަޒީރުންނަށް އެސައިންވެސް ކުރި ކަމަށެވެ.
"އަހަރުމެން ނިކުމެގެން މިއައި ހުސްއަތާ، އިންސޯރެންސް ގަޑެއް، އެކައްޗެއްވެސް އަހަރުމެންނަށް އޮތީކީ ނޫން، ރައީސަކަށް ބުނެވޭކަށް ނޯންނާނެ، ޝައިނީ މިއަދު ކަމެއް ކޮއްދޭން ޖެހޭނޭ ތިމަންނަ މިވެނި ކަމެއް ކޮށްދިނީމޭ" ޝައިނީ ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވެފައިވެއެވެ.
އެ އޯޑިއޯގައި މި މައުލޫގައި ޝައިނީ ކަމަށް ބެލެވޭ ބޭފުޅާ އިތުރަށް ވިދާޅުވެފައިވަނީ ލާރިކޮޅެއް ދޭން ބުނީމަ އެއް ލައްކަ ރުފިޔާވެސް ނުދެވުނު މަށަށް، އެހެންވީމަ ރައީސް މަޝަށް ކޮށްދިން ކަމެއް ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް