އަހަރުމެން ދަންނަ ބަޔަކު ބޮޑީގާޑުންނަށް ލާށޭ އެތައް ފަހަރަކު ބުނިން: ނަޝީދުގެ ކޮއްކޯފުޅު

ދަންނަ ބަޔަކު ބޮޑީގާޑުންގެ ގޮތުގައި ލައިދިނުމަށް އެތައް ފަހަރަކު ބުނެވުނު ކަމުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ މިއަދު ކުރެއްވ...

30 May 2021 | 10:49

ދަންނަ ބަޔަކު ބޮޑީގާޑުންގެ ގޮތުގައި ލައިދިނުމަށް އެތައް ފަހަރަކު ބުނެވުނު ކަމުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ދޭ ސެކިއުރިޓީގެ ފުރިހަމަކަމާއިމެދު ސުވާލު އުފައްދަމުންދާ މި ދަނޑިވަޅުގައި ނާޒިމް ސައްތާރު ވިދާޅުވެފައިވަނީ "ދަންނަ ބަޔަކު ބޮޑީ ގާޑްސްއަށް ލާށޭ އެތައް ފަހަރަކު ބުނި ނަމަވެސް އެމީހުންނަށް އަނބުރާ ވަޒީފާ ނުދިން" ކަމަށެވެ.

ހަމަ މި މައުލޫގައި ނާޒިމް ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ސަޕޯޓަރުން ބޮޑީގާޑުންގެ ގޮތުގައި ނުހިމަނަން އެމްއެންޑީއެފުން ބާރު އެޅި ކަމަށެވެ.

https://twitter.com/nazimsat/status/1398877066108440576

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް