ޒުވާނާ މަރުވާން ދޫކޮށްލާފައި އެކްސިޑެންޓްގައި ފިލި މީހާ އަދިވެސް ނުފެނޭ

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ދެނެގަނެވިފައި ވިޔަސް އޭނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ގަލޮޅު ހުވަފެނީ ގޯޅިން...

30 May 2021 | 10:24

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ދެނެގަނެވިފައި ވިޔަސް އޭނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގަލޮޅު ހުވަފެނީ ގޯޅިން ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުގައި އޮތް ގާޑިޔަލެއްގައި ޖެހި އެކްސިޑެންޓުވެ، އެ ސައިކަލުގެ ފަހަތުގައި އިން ޒުވާނާ ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގުމާ އެކު ޒުވާނާ މަރަށް ތެޅުނު އިރު ވެސް ސައިކަލު ދުއްވި މީހާ އެ ތަނުގައި މަޑުނުކޮށް ވަނީ ފިލައިފަ އެވެ.

އެ ގާޑިޔަލުގެ މުއްގަނޑުގައި ޖެހި ކަރަށް ލިބުނު ޒަހަމްތަކާ އެކު މަރުވީ އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.

މީގެ ކުރިން ވެސް މިފަދަ އެކްސިޑެންޓްތައް ހިނގައި މީހުންނަށް އަނިޔާ ލިބުމުން، އެކަމުގައި ޝާމިލުވާ މީހުން ފިލި މައްސަލަތަކެއް ވަނީ ފެންމަތިވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް