"މިހާރު" ނޫހުގައި ޖެހި ރިޕޯޓަކާއި ގުޅިގެން އެ ނޫހުގެ ނޫސްވެރިން ފޮރުވިގެން ތިބި ޕްރޮޕެގެންޑާ ފަތުރަނީކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށް ދިވެހި އެޑިޓަރުން ބުނެފި އެވެ.
އެޓިޓަރުންގެ ފަރާތުން ނެރުނު ބަޔާނެއްގައި މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭގޮތުން "މިހާރު" ނޫހުގައި ޖެހި ރިޕޯޓަކާއި ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނެެފައިވަނީ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއަށް ސެކިއުރިޓީ ދިނުމުގައި ދަތިތަކެއް ހުރި ކަމަށް ކުރިން ނަޝީދަށް އަންގާފައިވާ ކަމަށް އެ ނޫހަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ރިޕޯޓާއި ގުޅިގެން އެމްޑީޕީން ވަނީ އެ ނޫހަށް އެ މައުލޫމާތު ދިން މަސްދަރު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައި އެވެ.
އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ދިވެހިން އެޑިޓަރުން ބުނީ އެ ރިޕޯޓަކީ ނަޝީދަށް ކޮށްފައިވާ ފުރައްސާރައެއް ކަމަށް އެމްޑީޕީން ބުނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ބަޔާނުގައި ބުނީ ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތުދޭ މަސްދަރު ހާމަނުކުރުމުގެ އިހުތިޔާރު ގާނޫނު އަސާސީން ދީފައިވާ ކަމަށެވެ. އެހެން އޮއްވަ އެ މައުލޫމާތު ދިން ފަރާތެއް އެ ނޫސްވެރި އާއި އެ ނޫހަށް މައުލޫމާތު ދިން މަސްދަރު މެދުވެރިކޮށް ނޫން ގޮތަށް ހޯދާނެ ގޮތަކާއި މެދު ސުވާލު އުފެދޭ ކަމަށް ބުނެފައިވެ އެވެ.
އެކަން އެހެން އޮއްވައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ 241 ކޮމެޓީ އިން މައްސަލަ ބަލާނެ ގޮތަކީ ކޮބައި ކަމެއް ނޭނގެ އެވެ. އަދ ކަމުގެ އަސްލު މައްސަލަ ނުބަލައި ނޫސްވެރިން ކުށްވެރިކޮށްވާ ގޮތަށް އެފަދަ ބަޔާންތައް ނެރުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅުވުމަށް ކުރާ ކަމެއް ކަމުގަ ދެކި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ނަޝީދު އުޅުއްވި ގޭގެ އެ މައުލޫމާތަކީ ވަކި ބަޔަކަށް ނޫނީ ލިބިގެންވާނެ މައުލޫމާތެއް ނޫން ކަމަށް އެމްޑީޕީން ބުނެފައިވާ އިރު ރައީސް ނަޝީދު ދިރިއުޅުއްވި ގެ ކޮޅަކީ ގިނަ ބަޔަކަށް ވަދެ ނުކުމެ ހެދޭ ގެކޮޅެއް ކަމާއި އެ ގެކޮޅު ފެންނަން ހުންނަ ކަން ވަކި ބަޔަކު ނުބުންޏަސް ނޫސް ވެރިންނަށް ވެސް ފެންނަން ހުންނަ ކަމަށް ބުނެފައިވެ އެވެ.
ނޫހެއްގައި ޝާއިއު ކުރާ ލިޔުމެއްގެ ސަބަބުން ، އެ ނޫހެއް ޕީނަލައިޒް ކޮށް ، ނޫސްވެރިން މާޖިނަލައިޒް ކުރަން ކުރާ އެއްވެސް ކަމަކީ އެޑިޓަރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ބުނެއެވެ. އަދި "މިހާރު" ނޫހުގެ މައްޗަށް މި މައްސަލާގައި ކޮށްފައި އޮތް ތުހުމަތަކީ ވެސް ޖާއިޒު ތުހުމަތެއް ނޫންކަމުގައި އެޑިޓަރުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް