މިހާރުން ލިޔުނު ރިޕޯޓުގެ މަސްދަރު ހޯދަން އެމްޑީޕީއާއި ރައްޔިތުންގެ މަޖިލީހުން އުޅޭތީ މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ކެނެރީގޭގެ މައުލޫމާތު ހިމަނައި މިހާރު ނޫހުން ލިޔުނު ރިޕޯޓްގެ މަސްދަރު ހޯދަން އެމްޑީޕީން މަސައްކަތް ކުރާތީ މީޑިއާ ކައުންސިލުން ކަންބޮޑުވެއްޖެ އެވެ. އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، "ކެނެރީގޭގަ...

30 May 2021 | 09:47

ކެނެރީގޭގެ މައުލޫމާތު ހިމަނައި މިހާރު ނޫހުން ލިޔުނު ރިޕޯޓްގެ މަސްދަރު ހޯދަން އެމްޑީޕީން މަސައްކަތް ކުރާތީ މީޑިއާ ކައުންސިލުން ކަންބޮޑުވެއްޖެ އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި !" މި ސުރުޚީގެ ދަށުން "މިހާރު އޮންލައިން" ގައި 28 މެއި 2021 ގެ 29:14 ގައި ޝާއިޢުކޮށްފައިވާ ލިޔުމާގުޅޭ މައްސަލަ

ކައުންސިލުގެ ސަމާލުކަމަށް އައިސްފައި ވާ ކަމަށެވެ. އަދި މި ލިޔުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުންނާއި، ދިވެހިރައްޔިތުންގެ

ޑިމޮކްރެޓިކް ޕާޓީ އިން އެފަރާތްތަކުގެ ރައުޔު ހާމަކުރުމަށް ނޫސްބަޔާން ނެރެފައިވާކަން ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށް ދީފައިވާ

އަސާސީ ޙައްޤަކަށްވީހިނދު، ނޫސްވެރިޔާ ޝާއިޢުކުރާ ނުވަތަ ފަ ތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް

އެއްވެސް މީހަކަށް މަ ޖުބޫރުކޮށްގެން ނުވާނެކަމަށް ބުނެވިދިޔަ މާއްދާގައި ސަރީޙަކޮށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން،

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!" މި ސުރުޚީގެ ދަށުން "މިހާރު

އޮންލައިން" ގައި 28 މެއި 2021 ގެ 29:14 ގައި ޝާއިޢުކޮށްފައިވާ ލިޔުމުގެ މަސްދަރު އެއްވެސް ތަހުގީގެއްގެ ތެރެއިން

ހޯދުމަށް އެއްވެސް މިންވަރަކަށް މަސައްކަތްކުރުމަކީ މިކައުންސިލުން ކަންބޮޑުވާކަމެކެވެ." މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ކައުންސިލުން ބުނީ އެއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހޯދަމުން އަންނަނިކޮށް، ނޫސްވެރިކަމުގެ މިނވަންކަން ވަޒަންކުރާ މިންގަނޑުގައި ފަހަތަށް އެޅިގެންދާނެ ފިޔަވަޅެއްކަމުގައެވެ. އަދި އެއީ ދިވެހިރާއްޖޭގައި އިންވެސްޓިގޭޓިވް ޖަރނަލިޒަމް ކުރިއެރުވުމަށް އެޅިގެންދާ ހުރަހެއް ކަމަށް ވެސް ބުނެފައި ވެއެވެ.

"އެހެންކަމުން، ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް ގޮވާލާގޮތަށް ފާޅުކުރަމުންދާ ޚިޔާލުތައް މި ކައުންސިލުން ކުށް ވެރިކޮށް އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރަމެވެ." މަސްދަރު ހޯދުމާއި ދެކޮޅު ހަދަމުން ކައުންސިލްގެ ބަޔާނުގައި އިލްތިސްކޮށްފައި ވެއެވެ.

މި މައްސަލައިގައި އެ ކައުންސިލުންވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރު އަދި އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އަށް ފޯނުން ގުޅައި މަޝްވަރާކޮށްފައެވެ. އަދި ކޮމިޓީން މި މައްސަލަ ތަޙުޤީޤު ކުރުމުގެ ތެރެއިން ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް މަސައްކަތް ނުކުރައްވާނެކަމުގެ ޔަޤީންކަން މުޤައްރިރު ދީފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް