ސައިކަލެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން ޒަކަރިއްޔާ ހޯދަނީ!

ފުހުލުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައިކަލެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މިމައްސަލައާ ގުޅިގެން ހޯދަމ...

30 May 2021 | 09:31

ފުހުލުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައިކަލެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ/ ހ. ސަމަރގްރީންގެ، އިބްރާހިމް ޒަކަރިއްޔާ (30އ) އެވެ.

ޒަކަރިއްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރާއެކު އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481696 އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ވައްކަމުގެ ވައްސަލަތަކާ ގުޅިގެން މީހުން ހޯދުމަށް ފުލުހުން ވީޑިއޯއާއި ފޮޓޯ އާއްމުކުރެއެވެ. އެގޮތުން މާފަންނަނު އިހުސާން ފިހާރައިން ވައްކަންކުރި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށްފައި ވަނީ ވެސް މި ހަފްތާ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް