ނޫ ކުލަ: އަންހެން އަދި ފިރިހެން ކުދިންނަށް ވެސް އެންމެ ކަމުދާ ކުލަ!

ފުޅާ ދާއިރާއެއްގައި ފިކުރީ އަދި ނަފްސާނީ ކަންކަން ދިރާސާކުރާ ސައިކޮލޮޖީ ޓުޑޭ އިން ވަނީ ދެ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ބަލާފައި ވަނީ ދެ އުމުރުފުރާއަކަށް ޖިންސުގެ ގޮތުން އެންމެ ކަމުދާ ކުލައެވެ....

30 May 2021 | 09:12

ފުޅާ ދާއިރާއެއްގައި ފިކުރީ އަދި ނަފްސާނީ ކަންކަން ދިރާސާކުރާ ސައިކޮލޮޖީ ޓުޑޭ އިން ވަނީ ދެ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ބަލާފައި ވަނީ ދެ އުމުރުފުރާއަކަށް ޖިންސުގެ ގޮތުން އެންމެ ކަމުދާ ކުލައެވެ. މި ދިރާސާގައި ބައިވެރިކޮށްފައި ވަނީ އުމުރުން 14 އަހަރުން ދަށުގެ 1131 އަންހެން ކުދިންނާއި ފިރިހެން ކުދިންނެވެ. އަދި އުމުރުން 18 އަހަރުން މަތީގެ 2179 އަންހެނުންނާއި ފިރިހެނުންނެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ މީހަކަށް ވެސް ކޮމްޕިއުޓަރު ސްކްރީނުން އުފެއްދޭ ކުލަތަކުގެ ތެރެއިން އެންމެ ކަމުދާ ކުލަ އަހައިގެންނެވެ. އިއްތިފާގުން މި ދިރާސާގައި ބައިވެރިވި ގިނަ އަންހެން ކުދިންނާއި ފިރިހެންކުދިން އަދި އަންހެނުނާއި ފިރިހެނުން އެމީހުންނަށް އެންމެ ކަމުދާ ކުލައެއްގެ ގޮތުގައި ބުނެފައި ވަނީ ނޫ ކުލަ އެވެ. ނޫ ކުލަ އިހުތިޔާރުކުރި ދެޖިންސުގެ އިންސައްތައިގައި ތަފާތެއް ނެތެވެ،

މި ދިރާސާ ދައްކާ ގޮތުގައި ދެ ވަނަ އަށް އެންމެ ގިނަ އަންހެން ކުދިންނާއި އަންހެނުން އިހުތިޔާރުކުރީ ފިޔާތޮށި ކުލައެވެ. އެކަމަކު ފިރިހެން ކުއްޖަކު އަދި ފިރިހެނަކު ވެސް މި ކުލަ ކަމުދާ ކަމަށް ބުނެފައި ނުވެއެވެ. އެހެންކަމުން މި ދިރާސާއިން ހާމަވާ ގޮތުގައި ފިރިހެން ޖިންސަށް ފިޔާތޮށި ކުލަ މާ ކަމަކު ނުދެއެވެ. ނަމަވެސް، ނޫ ކުލައަކީ ދެ ޖިންސުގެ މެދުގައި ވެސް އެންމެ މަގުބޫލު ކުލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް