އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލުގެންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެދެވަޑައިގެންފިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެމްއެންޑީއެފް ގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކިވަޑައިގެން އެކަން މިނިސްޓަރ އޮފް ޑިފެންސްއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.
https://twitter.com/MvSpokesperson/status/1398909911359135745
އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ވެއް މިފަހުން ވަނީ ބަދަލުކޮށްފައެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެސްޕީޖީގެ ކުރިން ތިބި ކޮމާންޑަރުން ވަނީ ބަދަލުކުރެވިފައި ކަމަށާއި އަދި އަލަށްވަނީ ވަނީ އޮފިސަރުން ކަނޑައެޅިފައި ކަމަށެވެ.
އެގޮތުން އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކޮށްފައިވަނީ ލެފްޓިނަންޓް ކާނަލް އަބްދުލް މުއިޒް މުސްތަފާ ކަމަށާއި ޑެޕިއުޓީ ކޮމާންޑިން އޮފިސަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ މޭޖަރ މޫސާ ރަމީޒް ކަމަށާއި އަދި އެސްޕީޖީގެ ފަސްޓް ސާޖަންޓްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ފަސްޓް ސާޖަންޓް އަބްދުﷲ ޖަމީލް ހަމަޖައްސާފައިވާކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފައިމިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާގައި ރައީސް ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭގޮތުން ސުވާލު އުފައްދަމުން އަންނަ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް