ހުވާ ނުކޮށްތިބި ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން ހުވާ ކޮށްފި

ފުލުހުންގެ ޚިދުމަތާ ގުޅިފައިވާ ފުލުހުންގެ ތެރެއިން ހުވައި ނުކޮށްތިބި ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިއްޔެ އައްޑޫ ހައި ސްކޫލުގެ...

30 May 2021 | 08:04

ފުލުހުންގެ ޚިދުމަތާ ގުޅިފައިވާ ފުލުހުންގެ ތެރެއިން ހުވައި ނުކޮށްތިބި ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިއްޔެ އައްޑޫ ހައި ސްކޫލުގެ ހޯލްގައި ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ އައްޑޫ ސިޓީ ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ހާޝިމްއެވެ.

އެ ރަސްމިއްޔާތުގައި ހުވާ ކޮށްފައިވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެކިއުރީގެ ބެލެހެއްޓުމަށް، ސްޕެޝަލް ކޮންސްޓަބްލަރީ ކޮންސްޓަބަލް 20 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހުންނެވެ. އަދި މާލޭގައި މަސައްކަތްކުރާ 15 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހަކު އޮންލައިންކޮށް ރަސްމިއްޔާތުގައި ބައިވެރިވެ ހުވައި ކޮށްފައިވެއެވެ.

ހުވައިކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކު ވެސް ވަނީ ހުވައިގެ އިގުރާރުގައި ސޮއިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް