ޝަރީފު ވިދާޅުވީ، އެމްއެންޑީއެފްގެ ކަންކަން ދަނީ ފާލުން ނެއްޓެމުން ކަމަށް!

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކަންކަން ދަނީ ފާލުން ނެއްޓެމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ އެމްއެންޑީ...

30 May 2021 | 06:52

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކަންކަން ދަނީ ފާލުން ނެއްޓެމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ. އެގޮތުން އެސްޕީޖީގެ ކޮމާންޑަރުގެ މަގާމަށް މިހާރު ވަނީ ކާނަލް އަބްދުލް މުއިއްޒު އައްޔަންކޮށްފައެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ވަނީ މޭޖާ މޫސާ ރަމީޒު އައްޔަންކޮށްފައެވެ. އެސްޕީޖީ އަކީ ސިފައިންގެ ތެރޭގައި އޮންނަ ހަށިފާރަވެރިންގެ ޔުނިޓެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުވަހަކު ވެސް ނުވަންނަ މިންވަރަށް ސިޔާސީ ނުފޫޒު ވަދެ އެމްއެންޑީއެފްގެ ކަންކަން ދަނީ ފާލުން ނެއްޓެމުން ކަމަށާއި އެމްއެންޑީއެފް ހަމަޔަކަށް އަޅުވަަން އެންމެ ބޮޑަށް ކުރަންވީ ކަމަކީ ގަވާއިދުތައް ތަންފީޒުކޮށް އުސޫލުތައް ދެމެހެއްޓުން ކަމަށެވެ. އަދި ރަައީސް ޔާމީންގެ ވެރިކަމުގައި ފަރުމާ ކުރެވިފައިވާ އަސްކަރީ ކޯޓްގެ ބިލް ފާސްކުރުން ކަމަށް ވިދާޅުވިއެވެ.

އެސްޕީޖީގެ އިސް މަގާމުތަކަށް ބަދަލު ގެެނެސްފައި މި ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް އަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް