ފަތުރުވެރިކަމުގެ ދާއިރާގެ 65 އިންސައްތަ މުވައްޒަފުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 65 އިންސައްތަ މުވައްޒަފުން ކޯވިޑް-19 ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބ...

30 May 2021 | 05:41

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 65 އިންސައްތަ މުވައްޒަފުން ކޯވިޑް-19 ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއިއެކު ރާއްޖޭގެ ފަތުރުވެރިކަން ފަށައިގެން ކުރިއަށްދާތާ 10 މަސްދުވަސް ވެފައިވާކަމަށެވެ.

މިއާއިއެކު ރާއްޖެއަކީ މިވަގުތު ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލްގެ ސޭފްޓީ ސްޓޭންޕް ރާއްޖެއަށް ކޯވިޑް ވެކްސިން ޖަހަން ފެށުމުގެ ކުރިންވެސް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، ކޯވިޑް-19ގެ ފުރަތަމަ ޑޯޒް މިހާތަނަށް 95 އިންސައްތަ މުވައްޒަފުން ފުރިހަމަ ކޮށްފައިވާކަމަށެވެ. އަދި 2 ވަނަ ޑޯޒް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 65 އިންސައްތަ މުވައްޒަފުން ފުރިހަމަކޮށްފައިވާކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ.

މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަށް ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް