ޑރ. ޝާން މި ދައްކަވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މޮޅު ވާހަކަ!

ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު މެޑިކަލް ފެސިލިޓީއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ ކަމަށް އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސް ޑރ. ޔޫސުފް ޝާން ވިދާޅުވެއްޖެއެވ...

30 May 2021 | 05:29

ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު މެޑިކަލް ފެސިލިޓީއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ ކަމަށް އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސް ޑރ. ޔޫސުފް ޝާން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ކަންކަން އިންތިޒާމު ކުރެއްވުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ.ޝާން ވިދާޅުވީ ބަލީގެ ބާވަތުން ކޯވިޑް-19އަށް ފަރުވާ ދިނުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެ އެކަން ބަލިމީހުންނާއި ފަރުވާދޭން ތިބި މީހުންނަށްވެސް އިހުސާސްވަމުންދާކަމަށެވެ. ރާއްޖޭގައި މިވަގުތު ކޯވިޑް-19ގެ ހަތަރުވަނަ ސަރޖެއް އޮތްއިރު މިފަދަ ސާރޖަކާއެކު ބޭރުގެ ބޮޑެތި ޤައުމުތަކުން ފެނިގެންދަނީ ފަރުވާ ނުދެވިގެން އެތައްބަޔަކު މަރުވާން ދޫކޮށްލާ މަންޒަރެވެ.

އާބާދީގެ ގޮތުން އެންމެ ގިނަބަޔަކު ޕޮޒިޓިވްވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގެ ކުރީގައި ރާއްޖެ އުޅޭއިރު ރާއްޖޭގައި ބައްޔަށް ހުށައެޅޭ މީހުންނަށް ބިންމަތީގައި ފަރުވާދޭން ނުޖެހި ކުރިއަށްދަނީ ކޯވިޑްގެދިވެހޮ ކަންކަން އިންތިޒާމުކުރަން ތިބި ބަޔަކު އެކަމަށް ރަނގަޅު ނިންމުންތަކެއް ނިންވަމުންދާތީކަމަށް ޑރ. ޝާން ވިދާޅުވިއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޑރ.ޝާން ވިދާޅުވީ ކޯވިޑް-19އަށް ފަރުވާދިނުމުގައި އެތައް ގޮންޖެހުމެއް ހުރިއިރު މިއީ މީގެކުރިން ތަޖުރިބާކުރަން ޖެހުނު ޙާލަތެއް ނޫންކަމަށެވެ. އަދި ކޯވިޑްއަށް ފަރުވާދިނުމަށް މިވަގުތު ހިންގަމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކީ މިވަގުތު

މީގެކުރީގެ ރާޅުތަކުގައި ރާއްޖޭގައި ކޯވިޑް-19އަށް ހުށައެޅެމުންދިޔަ އުމުރުން ދުވަސްވީ މީހުންނާއި އަޅާބަލާއިރު މިރާޅުގައި ޕޮޒިޓިވްވަމުން އަންނަ މީހުންގެ ޢަދަދު ނިސްބަތުން ވަރަށް ބޮޑަށް އިތުރުކަން ޑރ.ޝާން ފާހަގަކުރެއްވިއެވެ. ބައްޔަށް ހުށައެޅި ފަރުވާ ދޭންޖެހޭ ޒުވާނުންގެ އަދަދުވެސް އިތުރުކަން ފާހަގަކުރައްވާ ޑރ.ޝާން ވިދާޅުވީ ބަލީގައި ބޮޑުވަރުވަމުންދާ މީހުންނާއި ނިޔާވާ މީހުންގެ ތެރޭގައި ވެކްސިން ފުރިހަމަ ނުކުރާ މީހުން ނިސްބަތުން އިތުރުކަމަށެވެ.

މިހާރު އޮތް ޙާލަތުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ޙާލު ބޮޑުވެދާނެ މީހުން ލަފާކޮށް ކަނޑައެޅުން ކަމަށް ޑރ.ޝާން ވިދާޅުވިއެވެ.

ޝާން ވިދާޅުވާ ގޮތުގައި އެންމެ 40 އެނދާއެކު ޚިދުމަތް ފެށި ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކީ މިވަގުތު 277 އެނދުގެ ބޮޑު ހޮސްޕިޓަލެކެވެ. އެންމެ ގާތުން ފަރުވާދޭންޖެހޭ މީހުންނަށް ޚާއްސަ 29 އެނދާއެކު އެތަނަކީ މިވަގުތު ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ވަރުގަދަ ސިއްޙީ ޚިދުމަތްދޭ އެއް މެޑިކަލް ފެސިލިޓީއެވެ.

ހުރިހާ ވަގުތެއްގައިވެސް ހޭނައްތާ ޚާއްސަ ޑޮކްޓަރުންނާއި އެތެރެ ހަށީގެ ޑޮކްޓަރުން މަސައްކަތްކުރައްވަމުން ގެންދާ މިފެސިލިޓީން ބޭނުންވާ ހާލަތެއްގައި ރާއްޖޭގައި ތިއްބެވި ސްޕެޝަލިސްޓުންވެސް އެތަނުގައި ޚިދުމަތް ދެމުންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް