ދަރިފުޅުގެ ބޮލުގެ ފުއްކިބަ ދެއްކުން ހުއްޓާލާނެ ދުވަސް އަނުޝްކާ އާއި ވިރާޓް ހާމަކޮށްފި

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީގެ އަލަތު ދަރިފުޅު ވަމިކާ ޝަރްމާ ކޮއްލީ އާންމުންނަށް ދާއްކާލާނެ ދުވަސް އެމަފިރިން ހާމަކޮށްފި އެވެ. އެދަފިރިންނަށް އަލަތު ދަރިފ...

30 May 2021 | 05:05

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީގެ އަލަތު ދަރިފުޅު ވަމިކާ ޝަރްމާ ކޮއްލީ އާންމުންނަށް ދާއްކާލާނެ ދުވަސް އެމަފިރިން ހާމަކޮށްފި އެވެ.

އެދަފިރިންނަށް އަލަތު ދަރިފުޅު ލިބުނީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. މިހާތަނަށް އެ ކުއްޖާގެ ނަން ހާމަ ކުރުން ފިޔަވާ އާންމުންނަށް ފެނިފައިވަނީ އެ ކުއްޖާގެ ބޮލުގެ ފުއްކިބައެވެ.

ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި އެކު ކުރިޔަށް ގެންދިޔަ ސުވާލާއި ޖަވާބު ޕްރޮގްރާމެއްގައި މީހަކު ވަނީ ދަރިފުޅު އާންމުންނަށް ދައްކާލާނީ ކޮން ދުވަހަކުތޯ ސުވާލުކޮށްފަ އެވެ. އަދި ވަމިކާގެ މާނަ އަކީ ކޮބައިތޯ އަހާފައިވެ އެވެ.

ޖަވާބުގައި ވިރާޓް ބުނެފައިވަނީ ވަމިކާ އަކީ އެމީހުން އަޅުކަން ކުރާ ހިންދޫ ދީނުގެ ކަލާނގެއަކަށް ނިސްބަތް ކުރާ ނަމެއް ކަމަށެވެ. އަދި ދަރިފުޅުގެ ފޮޓޯ ދައްކާލުމާއި ގުޅޭގޮތުން ބުނަން ބޭނުން ވަނީ ކުރިން ބުނިހެން ދަރިފުޅަށް ޕްރައިވަސީ ބޭނުންވާ ވާހަކަ ކަމަށެވެ.

ވިރާޓް ބުނީ ވަމިކާ އާންމުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފެންނަން ބޭނުންވަނީ އެއީ ކޮން ކަހަލަ ޕްލެޓް ފޯމެއްކަން އަމިއްލައަށް ދަރިފުޅަށް އެނގެން ފެށުމުން ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދަރިފުޅުގެ ފޮޓޯ އާންމު ކުރުމާއި މެދު ގޮތެއް ނިންމާނީ ވަމިކާ އަމިއްލައަށް ކަމަށް ބުނެފައި ވެއެވެ.

އެ ދެމަފިރިންނެކޭ އެއްގޮތަށް މިދިޔަ ފެބްރުއަރީ މަހު 21 ވަނަ ދުވަހު ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާން އާއި ބަތަލާ ކަރީނާ ކަޕޫރަށް ލިބުނު ދެ ވަނަ ފިރިހެން ދަރިފުޅު އާންމުންނަށް ނުދެއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އާންމުކޮށްފައިވަނީ އެ ދެމަފިރިންގެ ދަރިފުޅުގެ ބޮލުގެ ފުއްކިބަ ފެންނަ ފޮޓޯތައް އެކަންޏެވެ. އަދި އެ ކުއްޖާއަށް ކިޔާ ނަންވެސް ސައިފާއި ކަރީނާ ހާމަކޮށްފައެއް ނުވެ އެވެ.

އަނުޝްކާގެ ބޮލީވުޑް މަސައްކަތްތަކަށް ބަލާއިރު ދަރިފުޅަށް ބަލިވެ އިންކަން އެނގުނީން ސުރެ އޭނާ އުޅެނީ މަސައްކަތުން ޗުއްޓީ ނަގައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް