ކޮވިޑްގެ ނުރައްކާތެރި ދަނޑިވަޅުގައި ރައީސް ޔާމީން ކޯޓަށް ހާޒިރުކުރާތީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި

ކޮވިޑްގެ ނުރައްކާތެރި ދަނޑިވަޅުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޯޓަށް ހާޒިރުކުރާތީ އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ...

29 May 2021 | 20:57

ކޮވިޑްގެ ނުރައްކާތެރި ދަނޑިވަޅުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޯޓަށް ހާޒިރުކުރާތީ އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އުފުލާފައިވާ ދައުވާގެ އަޑުއެހުމަށް، މާދަމާ09:30ށް ކޯޓަށް ހާޒިރުވާން ޖެހޭ ކަމަށެވެ.

މި ދަނޑިވަޅަކީ ކޮވިޑްގެ ބަލިމަޑުކަން ވަރަށް ނުރައްކާތެރި ހާލަަތަކަށްވެފައި، މި ބަލީގެ ނުރައްކާތެރި ކަމުގެ ސަބަބުން ބަލިން ރައްކާތެރިވުމަށްޓަކައި މި ދަނޑިވަޅުގައި ގެއިން ނުކުތުންވެސް މަނާ ކޮށްފައި ވާއިރު، އެމަނިކުފާނު ސިއްހީ ނުރައްކަލަކަށް ހުށަހެލޭނެ ފަދަ ގޮތަކަށް، ކޯޓަށް ހާޒިރުކުރުމަކީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން ގާނޫނޫ އަސާސީއިން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްޤަށް ހުރަސްއެޅޭކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ވެއެވެ.

އެހެންކަމުން ކޮވިޑްގެ ބަލިމަޑުކަން ހަމަޔަކަށް އެޅި، އާއްމު ހާލަތަކަށް ދަންދެން މި އަޑުއެހުންތައް ފަސްކުރުމަށް ކްރިމިނަލް ކޯޓުގައި ދަންނަވާފައި ވާނެކަމަށް ވަކީލުންގެ ޓީމުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް