އުދައަރާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަމާލު ނެރެފައިވަނީ އހ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވުން އަދި އުދައެރުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ.
މި ސަމާލު ނެރެފައިވަނީ މިރޭ 01:00 އިން މާދަމާ ހެނދުނުގެ 07:00 އާއި ދެމެދުގެ ވަގުތަށެވެ.
https://twitter.com/MetMaldives/status/1398726210083975169
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް