ނަޝީދުގެ ކޮންޓެންޓު ނުދައްކަން ރާއްޖެ ޓީވީއަށް އަންގައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްވެސް ކޮންޓެންޓެއް ނުދެއްކުމަށް ފުލުހުން ރާއްޖެ ޓީވީ އަށް ވަދެ އަންގައިފި އެވެ. ރާއްޖެ ޓީވީން ބުނީ ތިން ފުލުހަކު މެންދުރު ފަހު އެ ސްޓޭޝަނަށް ގޮސް ނަޝީދުގެ އެއްވެސް...

30 May 2018 | 11:40

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްވެސް ކޮންޓެންޓެއް ނުދެއްކުމަށް ފުލުހުން ރާއްޖެ ޓީވީ އަށް ވަދެ އަންގައިފި އެވެ.

ރާއްޖެ ޓީވީން ބުނީ ތިން ފުލުހަކު މެންދުރު ފަހު އެ ސްޓޭޝަނަށް ގޮސް ނަޝީދުގެ އެއްވެސް ކޮންޓެންޓެއް ނުދައްކަން އެންގީ ޕެރޯލްގެ ގާނޫނުގެ ދަށުން ކަމަށެވެ. އެކަމަކު އެފުލުހުންގެ އަތުގައި ކޯޓު އަމުރެއް ނެތް ކަމަށް އެ ސްޓޭޝަނުން ބުންޏެވެ.

މީގެ އިތުރުން އެ ސްޓޭޝަނުން ބުނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ކޮންޓެންޓު ދެއްކުން މަނާކަމަށް ބުނި އިރު އެ ގާނޫނުގައި ބްރޯޑްކާސްޓަރުން ޒިންމާވާން ޖެހޭ އެއްވެސް މާއްދާއެއް ފުލުހުންނަށް ނުދެއްކުނު ކަމަށެވެ.

ނަޝީދު ގެ ކޮންޓެންޓު ނުދެއްކުމަށް އެންގުމަށް ފުލުހުން ރާއްޖެ ޓީވީއަށް މިއަދު ދިޔަ އިރު އޭގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ވަނީ ރާއްޖެ ޓީވީގެ ސީއީއޯއަށް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ލައިވް ކަވަރޭޖު ނުދެއްކުމަށް އަންގައި މެސެޖެއް ކޮށްފައި އެވެ.

ސޮފްވާން ފަހުން މީޑިއާގައި ވިދާޅުވީ އެ އެންގުން އެންގީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް