އިސްލާމިކް ބޭންކްގެ ފައިސާ ކާޑު މެދުވެރިކޮށް ރެސްޓޯރެންޓްތަކުން ޑިސްކައުންޓް ލިބުމުގެ ފުރުސަތު

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ ކާޑު މެދުވެރިކޮށް ބިލު ދައްކަވައިގެން ރެސްޓޯރެންޓް ތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފި އެވެ. އެގޮތުން ޕަޕަޑަމަސް އާއި އަޗާސް ޕަޕަޑަމްސްގައި...

30 May 2018 | 09:59

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ ކާޑު މެދުވެރިކޮށް ބިލު ދައްކަވައިގެން ރެސްޓޯރެންޓް ތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފި އެވެ.

އެގޮތުން ޕަޕަޑަމަސް އާއި އަޗާސް ޕަޕަޑަމްސްގައި ބިލު ދައްކަވާއިރު އެމްއައިބީގެ ފައިސާ ކާޑު މެދުވެރިކޮށް ބިލު ދައްކަވާނަމަ ބިލުން 10 ޕަސެންޓު ޑިސްކައުންޓް ލިބިގެންދާނެ ކަމުގައި އެމްއައިބީން ހާމަކުރެ އެވެ. އެމްއައިބީގެ މި ޕްރޮމޯޝަނަކީ ނީލްމްބަރު އިންވެސްޓްމެންޓާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމުގައި އެމްއައިބީން ހާމަކުރެ އެވެ.

ހަމަ މިފަދަ ޕްރޮމޯޝަނެއް މި އަހަރު ކުރީކޮޅު ލެމަންގްރާސް ރެސްޓޯރެންޓްތަކާއެކު އެމްއައިބީން ކުރިއަށް ގެންގޮސްފައިވާއިރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށާއި ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް މިފަދަ ޕްރޮމޯޝަން ކުރިއަށްގެންދިއުމަކީ އެމްއައިބީގެ އަމާޒެއް ކަމުގައިވެސް އެ ބޭންކުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް