މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އިލެކްޝަންސް ކޮމިޝަނުން އެދިފައިވަނިކޮށް އެމްޑީޕީގެ ޕްރައިމަރީ ވޯޓުލުން ފަށައިފި އެވެ.
އެމްޑީޕީން ހާމަކޮށްފައިވާގޮތުގައި މި ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރު ފަހު 02:00 އިން ފެށިގެން މިރޭ ދަންވަރު 12:00 އާއި ހަމައަށެވެ.
ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވާނަމަ އެއީ ގާނޫނާއި ގަވާއިދުތަކާއި ހިލާފު ޕްރައިމަރީއެއް ކަމުގައި އީސީން ކުރިން ބުނެފައި ވެ އެވެ. އެމްޑީޕީން ބުނެފައިވަނީ ޕްރައިމަރީ ކުރިއަށްގެންދާނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް