އެކުވެރި އަރަބި އިމާރާތުގެ އެއް ނަމްބަރު ޓޮމާޓޯ ޕޭސްޓް ބްރޭންޑް "އަލް އައިން" އެސްޓީއޯއިން ރާއްޖެ ތައާރަފް ކޮށްފި

އެކުވެރި އަރަބި އިމާރާތުގެ  އެއްވަނަ ޓޮމާޓޯ ޕޭސްޓް ބްރޭންޑް ކަމަށްވާ "އަލް އައިން ޓޮމާޓޯ ޕޭސްޓް" އެސްޓީއޯ ސުޕަމާޓް އިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފިއެވެ. އެކުވެރި އަރަބި އިމާރާތުގެ...

30 May 2018 | 09:00

އެކުވެރި އަރަބި އިމާރާތުގެ  އެއްވަނަ ޓޮމާޓޯ ޕޭސްޓް ބްރޭންޑް ކަމަށްވާ "އަލް އައިން ޓޮމާޓޯ ޕޭސްޓް" އެސްޓީއޯ ސުޕަމާޓް އިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފިއެވެ.

އެކުވެރި އަރަބި އިމާރާތުގެ ގެ އަގްތިޔާ ކުންފުނިން އުފައްދާ މި ޓޮމާޓޯ ޕޭސްޓް އަކީ މިސްރުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރާ ބްރޭންޑެކެވެ. އަގްތިޔާ އަކީ މެދުއިރުމަތީގައި ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު ތިން ކުންފުނީގެ ތެރެއިން އެއް ކުންފުނި އަދި މިސްރުގެ ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އަލް އައިން އުފައްދާފައިވަނީ އެއްވެސް ވަރަކަށް ޕްރިޒަވޭޓިވްސް ނުހިމަނާ މިސްރުގެ ދަނޑުތަކުގައި ހައްދާ ތާޒާ ޓޮމާޓޯ ބޭނުންކޮށްގެން ސްޓޭޓް އޮފް ދަ އާރޓް ޕްރޮސެސް ލައިނަކުންނެވެ.

އެސްޓީއޯ އިން މައުލޫމާތު ދޭގޮތުގައި މި ޓޮމާޓޯ ޕޭސްޓްގެ ތިން ސައިޒެއް ވަނީ ބާޒާރަށް ނެރެ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ފަށާފައެވެ. މީގެތެރޭގައި 50 ގްރާމްގެ ޕެކެޓާއި،  40 ގްރާމްގެ، އަދި 800 ގްރާމްގެ ދަޅު ހިމެނެ އެވެ. އަދި އަލް އައިންގެ ދަޅުތަކަކީ ދަޅުކެންޑި ބޭނުންކުރަން ނުޖެހޭގޮތަށް އީޒީ އޯޕެން ލިޑް ހުންނަ ދަޅުތަކެއް ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

އަލް އައިން ޓޮމާޓޯ ޕޭސްޓް ރީޓެއިލް އަދި ހޯލްސޭލްކޮށް ވިއްކާ އަގުތަކަކީ؛

ތަފްސީލް                   ރީޓެއިލް އަގު             ހޯލްސޭލް އަގު

800 ގްރާމް ދަޅު      24ރ      240ރ އަށް ކޭހެއް (ކޭހެއްގައި 12 ދަޅު)

400 ގްރާމްގެ ދަޅު   14ރ      140ރ އަށް ކޭހެއް (ކޭހެއްގައި 12 ދަޅު)

50 ގްރާމްގެ ޕެކެޕްޓް  2.00ރ 37.50ރ ފޮއްޓެއް) ފޮއްޓެއްގައި 24 ޕެކެޓް) އަދި  150ރ އަށް ކޭހެއް (ކޭހެއްގައި 4 ފޮށި)

މީގެއިތުރުން 10 ކޭހަށްވުރެން މަތިން ނަންގަވާ ފަރާތްތަކަށް ކޭހަކުން 10ރ އަގުހެޔޮވެގެން ދާނެކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން ހާމަކުރާގޮތުގައި އަލް އައިންގެ ޓޮމާޓޯ ޕޭސްޓް އެސްޓީއޯ ސުޕަމާޓުންނާއި ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް