އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމުގެ އަމުރަކަށް، އިލެކްޝަންސް ކޮމިޝަނުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އީސީން އެދިގެން ކޯޓު އަމުރު ހޯދަން ހުށަހަޅާފައިވަނީ ބަންޑާރަނައިބުގެ އޮފީހުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމުގެ ކޯޓު އަމުރަކަށް އެދިފައިވާއިރު ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނަމަ އެ ޕްރައިމަރީއަކީ ގާނޫނާއި ގަވާއިދާ ހިލާފުވާނެ ޕްރައިމަރީއެއް ކަމުގައި އީސީން ކުރިން ވަނީ ބުނެފަ އެވެ.
ނަމަވެސް މި ޕްރައިމަރީ ބާއްވާނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވަނީ މިއަދު މެންދުރުފަހު 2:00 އިން މިރޭ މެންދަމު 12:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް