މުޅި ރާއްޖެއަށް ހުޅުވާލައިގެން، އެސޯސިއޭޝަން ފޯރ މަތިވެރި ސްޕޯޓްސް އެންޑް އެވެއަރނަސް (އަމްސާ) އިން ބާއްވަމުން އަންނަ "އަމްސާ ކަޕް" ގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި، ކޮންމެ އަހަރެއްގެ ވެސް ފިޠުރު ޢީދާ ދިމާކޮށް "އަމްސާ" އިން މި މުބާރާތް ބާއްވަމުން އަންނައިރު، މިއީ އއ.މަތިވެރީ ޒުވާނުންނާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ވާދަވެރި ފުޓްސަލް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށާއި، ޒުވާނުންނަށް ފިޠުރު ޢީދަކީ އުފާވެރި ޢީދަކަށް ހެދުމަށާއި، ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރުމުގެ މަޤުޞަދުގައި އެ ޖަމުޢިއްޔާއިން ބާއްވާ މުބާރާތެކެވެ.
މި އަހަރު ވެސް މި މުބާރާތް ޢީދު ޗުއްޓީއާ ދިމާކޮށް ބޭއްވުމަށް "އަމްސާ" އިން ނިންމާފައިވާއިރު، އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވާ ޓީމްތަކުގެ އަދަދަށް ބަލައި މުބާރާތް ކުރިއަށް ގެންދާނީ 3 ދުވަހުގެ މުއްދަތުން ނިންމާ ގޮތަށް އިންތިޒާމް ކޮށްގެންނެވެ.
މި އަހަރު "އަމްސާ ކަޕް" ގެ 7 ވަނަ ފުޓްސަލް މުބާރާތް ބޭއްވުމަށް އެ ޖަމުޢިއްޔާއިން ތައްޔާރުވަމުން އަންނައިރު، ފާއިތުވި އަހަރު މުބާރާތުގައި 16 ޓީމެއް ވާދަކުރިއެވެ. އެއީ އއ.މަތިވެރީ 8 ޓީމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި 8 ޓީމެކެވެ.
މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ ފޯރިގަދަ މުބާރާތަކަށް "އަމްސާ ކަޕް" ވެފައިވާއިރު، މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 13000 (ތޭރަ ހާސް) ރުފިޔާ އަދި ރަނައަޕް ޓީމަށް 5000 (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، މުބާރާތުގެ ޤަވާޢިދާއި، އެޕްލިކޭޝަން ފޯމް ވެސް މުބާރާތުގެ ފޭސްބުކް ޕޭޖް އިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި އެޕްލިކޭޝަން ފޯމް ހޯދުމަށާއި، މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7794089 ނަންބަރާ ގުޅުމުން އެކަން ހަމަޖެހިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް