އިންވެސްޓް ކުރެއްވި ފަރާތްތަކަށް ޝުކުރިއްޔާ: އުރީދޫ

އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ނިމި،  ޙިއްޞާ ގަތުމުގެ ފުރުސަތު ބަންދުކޮށްފިކަމަށް މިއަދު އިއުލާންކޮށްފިއެވެ. އުރީދޫގެ ޙިއްޞާ ގަތުމުގެ މުއްދަތު ހުޅުވާލެވުނީ 30 އޭޕްރިލް 2017 އިން ފެށިގެން 29 މެއި 2017 ގެ...

30 May 2017 | 15:44

އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ނިމި،  ޙިއްޞާ ގަތުމުގެ ފުރުސަތު ބަންދުކޮށްފިކަމަށް މިއަދު އިއުލާންކޮށްފިއެވެ.

އުރީދޫގެ ޙިއްޞާ ގަތުމުގެ މުއްދަތު ހުޅުވާލެވުނީ 30 އޭޕްރިލް 2017 އިން ފެށިގެން 29 މެއި 2017 ގެ ނިޔަލަށް، ޖުމްލަ 20 ރަސްމީ ބަންދު ނޫން ދުވަހަށެވެ.

ލިބުނު ތަރުހީބާއި ބެހޭގޮތުން އުރީދޫގެ ސީއީއޯ ވިދާޅުވީ ޙިއްޞާ ބައްލަވައިގަތް އެންމެހާ ބޭފުޅުންގެ އެހީގައި އުރީދޫ މޯލްޑިވްސް އައިޕީއޯ ވެގެންދިޔައީ ވިކިފައިވާ ޙިއްޞާގެ މިންވަރަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންގޮސްފައިވާ އެންމެ ބޮޑު އައިޕީއޯ އަށް ކަމަށެވެ.

"މިފަދަ ތަރުޙީބެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ފަޚުރެއް. މިގޮތުން، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުން ބާރުވެރިކުރުމަށް އުރީދޫ ކުރަމުންދާ މަސައްކަތަށް އިންވެސްޓްކުރެއްވި ކަމަށްޓަކައި، ޙިއްޞާ ބައްލަވައިގަތް އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެންގެ އައު ޙިއްޞާދާރުންނަށް މަރުޙަބާ ކިޔައި، އުރީދޫގެ ކާމިޔާބީގައި ބައިވެރިކުރުމަށް އަޅުގަނޑުމެން މިތިބީ އުފަލާއެކު ތައްޔާރަށް." އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ޙިއްޞާ ގަންނަން ހުށަހަޅާފައިވާ ފަރާތްތަކަށް މުޙިއްމު ތާރީޚްތައް:

ޙިއްޞާ އެކަށައެޅޭނެކަމަށް ލަފާ ކުރެވޭ ތާރީޚް: 15 ޖޫން 2017

ވިއްކުމަށް ހުށައަޅާފައިވާ އަދަދަށްވުރެ އިތުރަށް ގަންނަން ހުށައަޅާފައިވާ ހާލަތެއްގައި ފައިސާ އަނބުރާ ރައްދުކުރެވޭނެކަމަށް ލަފާކުރެވޭ ތާރީޚް: 12 ޖުލައި 2017

ވިއްކުމަށް ހުށަހެޅިފައިވާ ޙިއްޞާ ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީޚް: 17 ޖުލައި 2017

ޙިއްސާ ގަނެވިއްކަން ފެއްޓޭނެ ކަމަށް ލަފާކުރެވޭ ތާރީޚް: 07 އޮގަސްޓް 2017

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް